މާޅޮސްމަޑުލު ދެކުނުބުރީ ކެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކެންދޫ ކައުންސިލަށް އެކްސްކަވޭޓަރެއް ހޯދުން:

މި އިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް އެކްސްކަވޭޓަރެއް ސަޕްލައި ކޮށްދޭނެ ފަރާތެއްހޯދުމަށް ކުރެވުނު ނަންބަރު: (IUL)315-PROC/315/2025/25 އިޢުލާނާއި ގުޅިގެން އެއްޗެސް ފަރާތަކުން ބީލަން ހުށަހަޅާފައި ނުވާތީ އަލުން އެ ފުރުޞަތު ހުޅުވާލަމެވެ.

         ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ކެންދޫ ކައިންސިލް އިދާރާއަށް ވަޑައިގެން ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.  

 

ތަން

ދުވަސް

ތާރީޚް

ގަޑި

ބިޑް ރެޖިސްޓްރޭޝަން

މާޅޮސްމަޑުލު ދެކުނުބުރީ ކެންދޫ ކައުންސިލް އިދާރާ

އާދިއްތަ

23 ފެބްރުއަރީ 2025

11:00

 

ބިޑް ހުށަހެޅުން

މާޅޮސްމަޑުލު ދެކުނުބުރީ ކެންދޫ ކައުންސިލް އިދާރާ

ބުރާސްފަތި

06 މާރިޗު 2025

11:00

 

ނޯޓް: ބީލަން ހުށަހެޅުމަށް ބިދް ރަޖިސްޓަރީ ނުކުރައްވާ ފަރާތްތަކާއި ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތަށް ބަލައި ނުގަނެވޭނެ ވަހަކަ ދަންނަވަމެވެ.

އަންދާސީ ހިސާބު ހުށަހެޅުމުގައި ބައިވެރި ވެވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/18) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނުނު ނަންބަރު: 2014/19) ގެ ދަށުން ރަޖިސްޓަރީ ވެފައިވާ ފަރާތްތަކަށެވެ.

މި ބީލަމުގައި ބައިވެރިވެލައްވަން އެދޭ ފަރާތްތަކުން 23 ފެބްރުއަރީ 2025 ވަނަ ދުވަހުގެ 13:00 ގެ ކުރިން މި ކައުންސިލްގައި ބިޑް ރަޖިސްޓަރީ ކުރަންވާނެއެވެ. ބިޑްރަޖިސްޓަރީއަށް އެދޭ ފޯމު މި އިދާރާގެ ކައުންޓަރުން ގަންނަށް ލިބެން ހުންނާނެއެވެ. މި ފޯމުގެ އަގަކީ -/250ރ އެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި އިދާރާގެ ނަންބަރު 6600004 ފޯނަށް ގުޅުއްވާ ނުވަތަ [email protected] އަށް އީމެއިލަށް މެއިލް ކުރެއްވުމަށް ދަންނަވަމެވެ.

17 ފެބުރުވަރީ 2025
ހޯދާ