މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަކި ގޭބިސީ ތަކުގެ މަޢުލޫމާތު ހޯދުމާއިގުޅޭ

ސަރުކާރުން ދޫކުރާ މަސްދަޅު ކޭސްތައް ބެހުމާގުޅިގެން 16 ފެބުރުވަރީ 2025 ގައި މިކައުންސިލުން ކޮށްފައިވާ ޢިއުލާނާ ((IUL)286-CB/286/2025/23) ގުޅިގެން ދަންނަވަމެވެ.

ސަރުކާރާއި ހެޔޮއެދޭ ފަރާތްތަކުން ހަދިޔާކުރާ ތަކެތި ބެހުމުގައި ރަށުގެ ގޭބިސީތަކަށް އިސްކަންދޭއިރު، ގޭބިސީތަކުގެ މަޢުލޫމާތު އަދާހަމަކޮށް ދަފްތަރެއް އެކުލަވާލުމަށް ކައުންސިލުން ބޭނުންވާތީ، ގޭބިސީ ރަޖިސްޓްރީކުރުމަށް ހުޅުވާލަމަވެ.

ގޭބިސީއެއްގެ ގޮތުގައި ރަޖިސްޓްރީ ކުރަންޖެހޭނީ ގެތަކުގައި ގޭބިސީއެއްގެގޮތުގައި ވަކިން ދިރިއުޅޭނަމައެވެ. "ގޭބިސީ" ކަމުގައި ބުނެފައި އެވަނީ ވަކިން ކައްކައި ކައިބޮއި ނިދައި، ވަކިމީޓަރު ބޭނުންކުރާ މީހުންނަށެވެ. ރަޖިސްޓްރީކުރުމުން ދަފްތަރުގައި ހިމެނޭނީ ކައުންސިލްގެ އިދާރާއިން މަޢުލޫމާތުގެ ސައްހަކަން ބަލައި ގޭބިސީއެއްގެ ޝަރުތު ހަމަވާނަމައެވެ.

އެހެންކަމުން، ކެނދިކުޅުދޫގައި މީހުން ދިރިއުޅޭ ގެތަކުގެ ތެރެއިން އެއްގޭބިސީއަށްވުރެ ގިނަ ގޭބިސީތަކުން ދިރިއުޅެމުންގެންދާ ފަރާތްތަކުން "ވަކި ގޭބިސީ ރަޖިސްޓަރީވުމަށް އެދޭ ފޯމް'' ފުރިހަމަ ކުރެއްވުމަށްފަހު 27 ފެބުރުވަރީ 2025 ވާ ހޯމަ ދުވަހުގެ 14:00ގެ ކުރިން މިއިދާއަށް ހުށައެޅުއްވުން އެދެމެވެ.

ވީމާ، މި އިޢުލާނާއެކުވާ އޮންލައިން ފޯމް ފުރުއްވާ ކަނޑައެޅިފައިވާ ސުންގަޑީގެކުރިން ގޭބިސީ ރަޖިސްޓްރީކުރުމަށް ދަންނަވަމަވެ.

ފޯމު ލިންކް: https://forms.office.com/r/gGYrnEqkzp

 

18  ޝަޢުބާން   1446

17  ފެބުރުވަރީ   2025

17 ފެބުރުވަރީ 2025
ހޯދާ