މާޅޮސްމަޑުލު އުތުރުބުރީ މީދޫ ކައުންސިލްގެ އިދާރާ
                    
ދިވެހިރާއްޖެ
            ދިވެހިރާއްޖެ
ރ. މީދޫގެ މަގުތަކާއި އިޖުތިމާޢީ ސަރަހައްދުތަކުގައި ޖަހާފައިހުރި ހޮޅިދަނޑިތައް މަރާމާތުކޮށް ބެލެހެއްޓުން އައުޓްސޯސް ކުރުމާބެހޭ
                
                    މި އިޢުލާންވަނީ 17 ފެބުރުވަރީ 2025 13:45 ގައި ބާތިލް ކުރެވިފައެވެ.
- ރ.މީދޫ އިޖުތިމާޢީ ސަރަހައްދުތައް ދިއްލުމަށް ޖަހާފައިވާ ބައްތިތައް ކޮންޓްރެކްޓް އުސޫލުން ބަލަހައްޓައި ދިނުމަށް ޝަޢުގުވެރިވެލައްވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލަމެވެ.
 - ބީލަމާއިގުޅިގެން މައުލޫމާތެއް ސާފުކުރެއްވުން އޮންނާނީ 2025 ފެބުރުއަރީ 25 ވާ އަންގާރަ ދުވަހުގެ 10:30 ގައި މިއިދާރާގައެވެ.
 - ބިޑަށް ކުރިމަތިލެވޭނީ ބިޑަށް ރަޖިސްޓްރީވާ ފަރާތްތަކަށް އެކަނި ކަމުގައި ވާތީ، 2025 ފެބުރުއަރީ 24 ވާ ހޯމަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން "ބިޑު ރަޖިސްޓްރީ ފޯމް" މެދުވެރިކޮށް ރަޖިސްޓްރީ ކުރުން އެދެމެވެ.
 - ބީލަންތައް ބަލައިގަތުމާއި، އަދި ބީލަން ހުޅުވުން އޮންނާނީ 2025 މާރޗް 2 ވާ އާދިއްތަ ދުވަހުގެ 11:00 ގައި މާޅޮސްމަޑުލު އުތުރުބުރީ މީދޫ ކައުންސިލް އިދާރާގައެވެ. ގަޑިޖެހުމަށްފަހު ހުށަހެޅޭ ބިޑްތައް ބަލައިނުގަނެ އަނބުރާ ރައްދުކުރެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީ އުރައިގެ ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ތާރީޚާއި ވަގުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.
 
މަސައްކަތް ހަވާލުކުރެވޭ އުސޫލާއި، އަދި ހުށަހެޅޭ ބިޑްތައް އިވެލުއޭޓްކޮށް މާރކްސް ދެވޭނެ ގޮތުގެ ތަފްޞީލް ބިޑިންގ ޑޮކިއުމަންޓްގައި ހިމެނިފައިވާނެއެވެ. އިތުރު މަޢުލޫމާތު [email protected] އިން ނުވަތަ ރަސްމީ ގަޑީގައި 6580020 އަށް ގުޅުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.
އަންދާސީ ހިސާބުގައި މާކުސްދެވޭނެ ބައިތަކާއި މިންގަނޑުތައް ތިރީގައި މިވަނީއެވެ.
- މަސައްކަތުގެ އަގު %85
 - މަސައްކަތު ދާއިރާއިން ލިބިފައިވާ ސަނަދުތައް
 - ތަޖްރިބާ %5
 
މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކާ އިޢުލާންކުރީމެވެ.
             17 ފެބުރުވަރީ 2025
            
        
                    ހޯދާ  
                
                