މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
އާންމު މަސައްކަތުގެ ބޭނުންތަކަށް ކަޅުވެލި ދޫކުރުމާއި ގުޅޭ
ރައްޔިތުންގެ ޢާންމު ބޭނުންތަކަށާއި ގޭބިސީތަކުގައި ކުރިއަށް ގެންދާ ކޮންސްޓްރަކްޝަން މަސައްކަތްތަކަށާއި ބެކްފިލްކުރުމުގެ ކަންކަމަށް ވެލި ލިބުން ދަތިވެފައިވާތީ އެކަމަށް ޙައްލެއް ހޯދުމުގެ މަސައްކަތް މިކައުންސިލުން މިދަނީ ކުރަމުންނެވެ.
އެގޮތުން، ބޮޑެތި ޕްރޮޖެކްޓްތަކުގެ މަސައްކަތްތަކަށް ފިޔަވައި ޢާންމު ފަރާތްތަކަށް ވެލިދޫކުރުމަށްޓަކައި 2 ސަރަހައްދެއް ކަނޑައަޅާފައިވާތީ އެކަން ޢާންމުކޮށް އިޢުލާންކުރަމެވެ.
ސަރަހައްދުތައް
- ކުޅުދޫ އަވަށުން، ފަތްކުނި މެނޭޖުކުރުމަށް ކަނޑައަޅާފައިވާ ސަރަހައްދުގައި ޖަހާފައިވާ ވެލިފުނި
- ކެނދިކޮޅު އަވަށުން، ފަސްގަނޑުކޮޅަށް ދާ މަގުގައި ޖަހާފައި ހުރި ވެލިފުނިތައް
ވީމާ ވެލި ހޯދުމަށް އެދޭ ފަރާތްތަކުން، ކައުންސިލްގެ ކައުންޓަރުގައި މަޢުލޫމާތު ނޯޓްކުރުމަށްފަހު ކުރިއަށް ގެންގޮސްދެއްވުން އެދެމެވެ.
ވީމާ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރަމެވެ.
18 ޝަޢުބާން 1446
17 ފެބުރުވަރީ 2025
17 ފެބުރުވަރީ 2025
ހޯދާ