މާޅޮސްމަޑުލު ދެކުނުބުރީ މާޅޮހު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރައްޔިތުންގެ ބައްދަލުވުން – ފެބްރުވަރީ 2025

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 107 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން ރައްޔިތުންނަށް މަޢުލޫމާތު ދިނުމަށްޓަކައި ފެބްރުވަރީ މަހު ޢާންމުކޮށް ހުޅުވާލައިގެން ބާއްވާ ރައްޔިތުންގެ ބައްދަލުވުން، 2025  ފެބްރުއަރީ 24 ވާ ހޯމަދުވަހުގެ ރޭގަނޑު 20:30 ގައި ބ.މާޅޮހު ސްކޫލްގައި އޮންނާނެއެވެ.

  • ބައްދަލުވުމުގެ އެޖެންޑާ:
  • 2024  ވަނަ އަހަރުގެ އަހަރީ ރިޕޯޓް ހިއްސާކުރުން
  • 2024  ވަނަ އަހަރުގެ މާލީ ހިސާބު ހިއްސާކުރުން
  • 2025  ވަނަ އަހަރުގެ ބަޖެޓް ހިއްސާކުރުން
  • 2025  ވަނަ އަހަރުގެ މަސައްކަތު ތާވަލް ހިއްސާކުރުން
  • ޓޫރިޒަމް ޒޯނުން އިތުރު ބިންދޫކުރުމާއި ގުޅޭ ކަރުދާސް ހިއްސާކޮށް، އެކަމަށް ޚިޔާލާއި މާޝްވަރާ ހޯދުން
  • ދިރިއުޅުމަށް ދޫކުރެވޭ ގޯތިތަކުގެ އިންފާރު ރޭނުމާއި، ގެ އެޅުމާއި ސާފުކޮށް ބެލެހެއްޓުމާއި ގުޅޭ އުސޫލަށް މަޝްވަރާއާއި ޚިޔާލު ހޯދުން
  • މާޅޮހު ޕްރީސްކޫލުގައި، 2025 ވަނަ އަހަރުގެ ދިރާސީއަހަރު ކިޔަވައިދިނުމާއި ގުޅޭގޮތުން މަޝްވަރާކުރުން

 

 ވީމާ، ބައްދަލުވުމުގައި ބައިވެރިވުމުގެ ދަޢުވަތު މާޅޮހުގެ އެންމެހާ ލޮބުވެތި ރައްޔިތުންނަށް އަރުވަމެވެ.

17 ފެބުރުވަރީ 2025
ހޯދާ