ހުވަދުއަތޮޅު ދެކުނުބުރީ ވާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މުޙައްމަދު ޖަމާލުއްދީން ރަންތާޖު ޤުރުއާން މުބާރާތް 1446

                                 

އިޢުލާން

ނަންބަރ:

 (IUL)421/ESMSED/421/2025/09

ތާރީޚް:

‏ 14 ޝަޢުބާން 1446

 13 ފެބުރުވަރީ 2025

މުޙައްމަދު ޖަމާލުއްދީން ރަންތާޖު ޤުރުއާން މުބާރާތް 1446

          ގދ.ވާދޫ ކައުންސިލުން ކޮންމެ އަހަރަކު ރަމަޟާން މަހު ބާއްވާ ޤުރުއާން ކިޔެވުމުގެ މުބާރާތް ( މުޙައްމަދު ޖަމާލުއްދީން ރަންތާޖު ޤުރުއާން މުބާރާތް 2025 ) މިހިނގާ ރަމަޟާން މަހުގެ 23 ވާ އާދީއްތަ ދުވަހު ( 23 މާރޗް 2025 ) ގައި ފަށާގޮތަށްވަނީ ހަމަޖެހިފައެވެ.

           ވީމާ،މިމުބާރާތުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން މުބާރާތުގައި ބައިވެރިވުމަށްއެދި ހުށަހަޅަންޖެހޭ ފޯމް ފުރިހަމަކުރެއްވުމަށްފަހު 27 ފެބުރުވަރީ 2025 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން ވާދޫކައުންސިލްގެ އިދާރާއަށް ހުށަހެޅުއްވުމަށް ދަންނަވަމެވެ.މިމުއްދަތުގެ ފަހުން ހުށަހަޅާއެއްވެސް ފޯމެއް ބަލައި ނުގަނެވޭނެ ވާހަކަވެސް މިފުރުސަތުގައި ދަންނަވަމެވެ.މުބާރާތުގައި ބައިވެރިވުމަށްއެދޭ ފޯމާއި މުބާރާތުގެ ޤަވާއިދު ގދ.ވާދޫ ކައުންސިލްގެ އިދާރާއިން ލިބެންހުންނާނެވާހަކަ ދަންނަވަމެވެ.އަދި މިއިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވެސް ހުންނާނެވެ.

           މިމުބާރާތުގެ އެކިއެކި އުމުރުފުރާތަކުންނާއި،ގޮފިތަކުން 1 ވަނަ،2 ވަނަ އަދި 3 ވަނަ އަށް ހޮވޭފަރާތްތަކަށް މިކައުންސިލުން ހަނދާނީ ލިޔުމާއި ޓްރޮފީ ދިނުމަށް ހަމަޖެހިފައިވާ ވާހަކަވެސް ދެންނެވީމެވެ

 

 

 

 

                                                            ޙަސަން ޢަބްދުﷲ

                                                           ކައުންސިލްގެ ރައީސް

13 ފެބުރުވަރީ 2025
ހޯދާ