ދިވެހިރާއްޖެ
އިޢުލާން
ގއ. ދެއްވަދޫ ލޯކަލް އޮތޯރިޓީ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލުމާއި ގުޅޭ
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2010/7) ގެ 11 ވަނަ ބާބު، 70 ވަނަ މާއްދާ "ކައުންސިލްތަކުން ވިޔަފާރިކުރުން" ގެ (ހ) އަދި (ށ) ވަނަ މާއްދާގައި ބަޔާންކުރާ ހަމަތަކުގެމަތިން އުފެއްދުމަށް ހަމަޖެހިފައިވާ "ގއ. ދެއްވަދޫ ލޯކަލް އޮތޯރިޓީ ކުންފުނި"ގެ ޑިރެކްޓަރުންގެ ބޯޑަށް މެންބަރުން އައްޔަންކުރުމަށް، ބޯޑުގެ ތިރީގައި މި ދަންނަވާ މަޤާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލަމެވެ.
# |
މަޤާމު |
ޢަދަދު |
1 |
އެގްޒެކްޓިވް ޑިރެކްޓަރު (މެނޭޖިން ޑިރެކްޓަރ އަދި ޗީފް އެގްޒެކްޓިވް އޮފިސަރ) |
1 |
2 |
މިނިވަން ޑިރެކްޓަރު |
1 |
ގއ.ދެއްވަދޫ ލޯކަލް އޮތޯރިޓީ ކުންފުނީގެ ބޯޑު ޑިރެކްޓަރުން ހޮވާނީ "ކައުންސިލްތަކުން ލޯކަލް އޮތޯރިޓީ ކުންފުނި އުފެއްދުމާއި، އަމިއްލަ ފަރާތްތަކާއެކު ވިޔަފާރިކުރުމާބެހޭ ޤަވާއިދު" (ޤަވާއިދު ނަންބަރު: 2021/R-49) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީންނެވެ.
މި މަޤާމަށް ކުރިމަތިލައްވާ ފަރާތްތަކަކީ، "ކައުންސިލްތަކުން ލޯކަލް އޮތޯރިޓީ ކުންފުނި އުފެއްދުމާއި، އަމިއްލަ ފަރާތްތަކާއެކު ވިޔަފާރިކުރުމާބެހޭ ޤަވާއިދު" (ޤަވާއިދު ނަންބަރު: 2021/R-49) ގައި ރަޖިސްޓްރާރ އޮފް ކޮމްޕެނީޒް ކަނޑައަޅާފައިފާ "ފިޓް އެންޑް ޕްރޮޕަރ" ޑިރެކްޓަރުންގެ ބޯޑުގެ ޝަރުތުތައް ފުރިހަމާ؛ އަދި ލޯކަލް ގަވަރމަންޓް އޮތޯރިޓީން އެކުލަވާލައިފާވާ "ލޯކަލް އޮތޯރިޓީ ކުންފުނީގެ ޑިރެކްޓަރުންގެ ސުލޫކީ މިންގަނޑު (01/221/2022އ) ގައި ބަޔާންކޮށްފައިވާ މިންގަނޑުތަކާއި ސިފަތައް ފުރިހަމަވާ ފާރާތެއްކަމުގައި ވާންވާނެއެވެ.
ތިރީގައި އެވަނީ ލޯކަލް އޮތޯރިޓީ ކުންފުނި އުފެއްދުމުގެ ގަވާއިދު "ކައުންސިލްތަކުން ލޯކަލް އޮތޯރިޓީ ކުންފުނި އުފެއްދުމާއި، އަމިއްލަ ފަރާތްތަކާއެކު ވިޔަފާރިކުރުމާބެހޭ ޤަވާއިދު" (ޤަވާއިދު ނަންބަރު: 2021/R-49) ގައި ރަޖިސްޓްރާރ އޮފް ކޮމްޕެނީޒް ކަނޑައަޅުއްވާފައިވާ ޝަރުތުތަކެވެ.
މި މަޤާމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، "ގއ.ދެއްވަދޫ ލޯކަލް އޮތޯރިޓީ ކުންފުނީގެ ޑިރެކްޓަރުން ބޯޑަށް ކުރިމަތިލުމަށްއެދި ހުށަހަޅާ ފޯމް" އަދި ފޯމުގައި ބަޔާންކޮށްފައިވާ އެންމެހައި ލިޔެކިޔުންތައް ފުރިހަމަކުރެއްވުމަށްފަހު، 23 ފެބްރުއަރީ 2025 ވާ އާދީއްތަ ދުވަހުގެ 13:00 ގެ ކުރިން ހުވަދުއަތޮޅު އުތުރުބުރީ ދެއްވަދޫ ކައުންސިލްގެ އިދާރާއަށް ނުވަތަ [email protected] އަށް އީމެއިލް ކުރައްވައި ހުށަހެޅުއްވުން އެދެމެވެ.
ބޯޑުގެ ޑިރެކްޓަރކަމަށް ކުރިމަތިލައްވާ ފަރާތްތައް، ދެއްވަދޫ ކައުންސިލުން އެކުލަވާލާ ކޮމިޓީއިން އިވެލުއޭޓްކުރުމަށްފަހު ޝޯޓްލިސްޓްކުރެވޭ ފަރާތްތަކާ އިންޓަވިއުކުރެވޭނެއެވެ. އަދި ޝޯޓްލިސްޓްކުރެވި އިންޓަވިއުކުރެވުނު ފަރާތްތަކުގެ ނަންތައް ދެއްވަދޫ ކައުންސިލްގެ ބައްދަލުވުމަށް ހުށަހަޅައި، ކައުންސިލްގެ ރަސްމީ ޖަލްސާއަކުން މެންބަރުން ކަނޑައަޅާގޮތެއްގެ މަތިން، ޑިރެކްޓަރުކަމަށް ކުރިމަތިލައްވާފައިވާ ފަރާތްތަކުގެ ތެރެއިން ބޯޑުގެ ޑިރެކްޓަރުކަމަށް ހޮވުނު ފަރާތްތަކުގެ ވަނަވަރު ހިއްސާކުރެވޭނެއެވެ.
ގއ.ދެއްވަދޫ ލޯކަލް އޮތޯރިޓީ ކުންފުނި" ޑިރެކްޓަރުންގެ ބޯޑުގެ ޝަރުތުތައް
|
އެގްޒެކަޓިވް ޑިރެކްޓަރު |
މިނިވަން ޑިރެކްޓަރު |
ޝަރުތުތައް |
(ހ) އުމުރުން 18 (އަށާރަ) އަހަރުފުރިފައިވާ ދިވެއްސަކުކަމުގައިވުން (ށ) ބުއްދި ސަލާމަތުން ހުރުން (ނ) ދިވެހިރާއްޖޭގެ އެއްވެސް ކޯޓެއްގައި އަދާކުރަންޖެހޭ ސާބިތު ދަރަންޏެއް އޮތްނަމަ، އެ ދަރަންޏެއް ދައްކަމުން އަންނަ މީހަކަށްވުން. (ރ) ޖިނާޢީ ކުށެއް ކުރިން ސާބިތުވެ، 12 (ބާރަ) މަސްދުވަހަށްވުރެ ދިގު މުއްދަތެއްގެ ޙުކުމެއް ކުރެވިފައިވާ މީހަކުނަމަ، އެ ޙުކުމެއް ތަންފީޛުކޮށް ނިމުނުތާ، ނުވަތަ އެ ޙުކުމުން ކަނޑައެޅުނު އަދަބު މަޢާފްކުރެވުނުތާ މަދުވެގެން 3 (ތިނެއް) އަހަރު ވެފައިވުން. (ބ) މި ޝަރުތުތަކުގެ މާއްދާ (ރ) ގައި އެހެން އޮތްނަމަވެސް، ވައްކަމާއި ޓެކުން، އަދި ޚިޔާނާތުގެ ކުށެއް ކުރިކަން ސާބިތުވެފައިވާ މީހަކުކަމުގައި ނުވުން. (ޅ) މަތީ ސާނަވީ ތަޢްލީމު ފުރިހަމަކޮށްފައިވުމާއިއެކު، 2 (ދޭއް) އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. (ކ) އެހެން ކުންފުންޏެއްގެ ޑިރެކްޓަރުންގެ ބޯޑަށް އައްޔަންކޮށްފައިވާ ފަރާތަކަށް ނުވުން. (އ) ކުންފުނި ދުވަހުން ދުވަހަށް ހިންގުމުގެ އެންމެހާ މަސްއޫލިއްޔަތު އަދާކުރަމުން އަންނަ، ނުވަތަ އަދާކުރުމަށް ހަމަޖެހިފައިވާ ފަރާތްކަމުގައިވުން. (ވ) ކައުންސިލުން ވިޔަފާރި ކުރަމުންދާ ސިނާޢަތެއްގައި، ނުވަތަ ވިޔަފާރިކުރުމަށް ހުށަހަޅާ ސިނާޢަތެއްގައި ވިޔަފާރިކުރާ ފަރާތަކަށް ނުވުން. (މ) ރެޖިސްޓްރާރ އޮފް ކޮމްޕެނީޒް އިން ކަނޑައަޅާފައިވާ ޑިރެކްޓަރުންގެ ތަމްރީން ފުރިހަމަކުރުމަށް އެއްބަސްވާ ފަރާތަކަށްވުން. |
(ހ) އުމުރުން 18 (އަށާރަ) އަހަރުފުރިފައިވާ ދިވެއްސަކުކަމުގައިވުން (ށ) ބުއްދި ސަލާމަތުން ހުރުން (ނ) ދިވެހިރާއްޖޭގެ އެއްވެސް ކޯޓެއްގައި އަދާކުރަންޖެހޭ ސާބިތު ދަރަންޏެއް އޮތްނަމަ، އެ ދަރަންޏެއް ދައްކަމުން އަންނަ މީހަކަށްވުން. (ރ) ޖިނާޢީ ކުށެއް ކުރިން ސާބިތުވެ، 12 (ބާރަ) މަސްދުވަހަށްވުރެ ދިގު މުއްދަތެއްގެ ޙުކުމެއް ކުރެވިފައިވާ މީހަކުނަމަ، އެ ޙުކުމެއް ތަންފީޛުކޮށް ނިމުނުތާ، ނުވަތަ އެ ޙުކުމުން ކަނޑައެޅުނު އަދަބު މަޢާފްކުރެވުނުތާ މަދުވެގެން 3 (ތިނެއް) އަހަރު ވެފައިވުން. (ބ) މި ޝަރުތުތަކުގެ މާއްދާ (ރ) ގައި އެހެން އޮތްނަމަވެސް، ވައްކަމާއި ޓެކުން، އަދި ޚިޔާނާތުގެ ކުށެއް ކުރިކަން ސާބިތުވެފައިވާ މީހަކުކަމުގައި ނުވުން. (ޅ) މަތީ ސާނަވީ ތަޢްލީމު ފުރިހަމަކޮށްފައިވުމާއިއެކު، 2 (ދޭއް) އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. (ކ) އެހެން ކުންފުންޏެއްގެ ޑިރެކްޓަރުންގެ ބޯޑަށް އައްޔަންކޮށްފައިވާ ފަރާތަކަށް ނުވުން. (އ) ކައުންސިލުން ވިޔަފާރި ކުރަމުންދާ ސިނާޢަތެއްގައި، ނުވަތަ ވިޔަފާރިކުރުމަށް ހުށަހަޅާ ސިނާޢަތެއްގައި ވިޔަފާރިކުރާ ފަރާތަކަށް ނުވުން. (ވ) ވޭތުވެދިޔާ 2 (ދޭއް) އަހަރުގެ ތެރޭގައި، ކައުންސިލްގެ ދާއިމީ ވަޒީފާއެއްގައި ހުރެފައިވާ ފަރާތަކަށް ނުވުން. (މ) ވޭތުވެދިޔާ 2 (ދޭއް) އަހަރުގެ ތެރޭގައި ކައުންސިލަށް އެއްވެސް ހައިސިއްޔަތަކުން އެއްވެސް ބާވަތެއްގެ ޚިދުމަތެއް ދެމުން އަންނަ ފަރާތަކަށް ނުވުން. (ފ) ރެޖިސްޓްރާރ އޮފް ކޮމްޕެނީޒް އިން ކަނޑައަޅާފައިވާ ޑިރެކްޓަރުންގެ ތަމްރީން ފުރިހަމަކުރުމަށް އެއްބަސްވާ ފަރާތަކަށްވުން. |
ޑިރެކްޓަރުންގެ ދައުރާއި މުހިންމު މަސްއޫލިއްޔަތުތައް:
ކުންފުނީގެ ކާމިޔާބީ އާއި ކުރިއެރުން: ޑިރެކްޓަރުންގެ އެންމެ ބޮޑު އެއް ޒިންމާއަކީ ވިޔަފާރީގެ މާހައުލުގައި ކުންފުންޏަކީ ކާމިޔާބު ކުންފުންޏަކައް ހެދުމައްޓަކައި ކުރަން ޖެހޭ އެންމެހާ ކަންކަންކޮށް، މަގުފަހި ކޮއްދީ، ދެމެހެއްޓެނިވި ގޮތެއްގައި ހިއްސާދާރުންގެ ހިއްސާއަށް ޖެހޭ ފައިދާގެ މިންވަރު އެންމެ ބޮޑުކޮއްދިނުމެވެ.
- ފިޑިޔުޝަރީ ޑިއުޓީސް: ޑިރެކްޓަރުން އަމަލުކުރަންވާނީ ހެޔޮ ނިޔަތުގައި، ކުންފުނީގެ މަސްލަހަތަށްޓަކައި، އަދި އެމީހުންގެ ބާރުތައް އެކަށީގެންވާ ބޭނުންތައް ބޭނުންކުރުމަށެވެ.
- ޑިއުޓީ އޮފް ކެއަރ އެންޑް ސްކިލް: ޑިރެކްޓަރުންގެ ޢިލްމާއި ތަޖުރިބާއަށް ރިޢާޔަތްކޮށް، ނިންމުންތައް ނިންމުމުގައި އެކަށީގެންވާ ވިސްނުންތެރިކަމާއި، ފަރުވާތެރިކަމާއި، ބުރަ މަސައްކަތާއި، ހުނަރުވެރިކަން ބޭނުންކުރުން ލަޒިމްވާނެއެވެ.
- މަސްލަހަތު ފުށުއަރާ ކަންކަމުން ދުރުހެލިވުން: ޑިރެކްޓަރުންގެ އަމިއްލަ މަސްލަހަތާއި ކުންފުނީގެ މަސްލަހަތާ ފުށުއަރާ ހާލަތްތަކުން ދުރުހެލިވާން ޖެހެއެވެ. އަދި ކުރިމަތިވެދާނެ އެއްވެސް މަސްލަހަތުގެ ފުށުއެރުންތަކެއް ހާމަކޮށް، އެ ފަދަ ހާލަތްތައް އޮންނަ ތަންތަނުގައި ވޯޓު ދިނުމުން ދުރުހެލިވާންވާނެއެވެ.
- މެނޭޖްމަންޓް ގެ ކަންކަން ބެލެހެއްޓުން: ބޯޑުން ސްޓްރެޓެޖިކް ގައިޑްލައިން ފޯރުކޮށްދީ، މެނޭޖްމަންޓްގެ ޕާފޯމަންސް މޮނިޓަރކޮށް، އިންޓަރނަލް ކޮންޓްރޯލްގެ އެކަށީގެންވާ ނިޒާމުތައް ގާއިމްކޮށްފައިވާތޯ ބެލުން.
- ފައިނޭންޝަލް ރިޕޯޓިންގ: ކުންފުނީގެ މާލީ ބަޔާންތަކުގެ ޞައްޙަކަމާއި އިންޓެގްރިޓީ ކަށަވަރުކުރުމަކީ ޑިރެކްޓަރުންގެ ޒިންމާއެކެވެ
- ކޮމްޕްލަޔަންސް: ޑިރެކްޓަރުން ކުންފުނިން އަމަލުކުރާ ހުރިހާ ގާނޫނުތަކާއި ގަވާއިދުތަކަށް އަމަލުކުރާކަން ކަށަވަރުކުރަންވާނެއެވެ.
- ހިއްސާދާރުންނަށް ޖަވާބުދާރީވުން: ޑިރެކްޓަރުން ހިއްސާދާރުންނަށް ޖަވާބުދާރީވެ، ކުންފުނީގެ ޕާފޯމަންސްއާ ބެހޭ ގޮތުން ގަވާއިދުން އަޕްޑޭޓްތައް ފޯރުކޮށްދޭން ޖެހެއެވެ.
މެނޭޖިންގ ޑިރެކްޓަރ (އެމްޑީ) ގެ ދައުރާއި މަސްއޫލިއްޔަތުތައް
ލީޑަރޝިޕް އަދި ސްޓްރެޓެޖީ:
- ޖުމްލަކޮށް ކުންފުނީގެ ބޯޑުގެ އިރުޝާދާއި އެކު ކުންފުނީގެ ސްޓްރެޓެޖީ ނުވަތަ ބިޒްނަސް ޕްލޭން އެކުލަވާލައި ތަންފީޒުކުރުން.
- ކުންފުނީގެ ތަޞައްވުރާއި މިޝަންއާ އެއްގޮތަށް ކުންފުނީގެ ލަނޑުދަނޑިތަކާއި މަޤްޞަދުތައް ކަނޑައެޅުން.
- ދުވަހުން ދުވަހަށް ވިޔަފާރީގެ އޮޕަރޭޝަންތައް ބެލެހެއްޓުން.
- މެނޭޖްމަންޓް ޓީމް ލީޑްކޮށް މޮޓިވޭޓްކުރުން.
މާލީ ގޮތުން ކުރިއެރުން:
- ކުންފުނީގެ މާލީ ސިއްހަތާއި ފައިދާ ކަށަވަރުކުރުން.
- މާލީ މަސައްކަތްތައް މޮނިޓަރކޮށް، ބޭނުންވާ ހާލަތްތަކުގައި ހިންގުމުގެ ބަދަލުތައް ގެނައުން ނުވަތަ އިސްލާހީ ފިޔަވަޅުތައް އެޅުން.
- ބަޖެޓާއި މާލީ ވަސީލަތްތައް ބެލެހެއްޓުން.
ސްޓޭކްހޯލްޑަރ މެނޭޖްމަންޓް:
- ޑިރެކްޓަރުންގެ ބޯޑާއި، ހިއްސާދާރުންނާއި، މުވައްޒަފުންނާއި، ކަސްޓަމަރުންނާއި، ޕާޓްނަރުން ހިމެނޭ ގޮތަށް މުހިންމު ސްޓޭކްހޯލްޑަރުންނާއެކު ވަރުގަދަ ގުޅުންތަކެއް ބިނާކޮށް ބެލެހެއްޓުން.
- އާންމު ތަންތަނުގައި އަދި އެކިއެކި އިވެންޓްތަކުގައި ކުންފުނި ތަމްސީލުކުރުން.
ކޯޕަރޭޓް ގަވަރނަންސް:
- ޢަމަލުކުރަންޖެހޭ އެންމެހައި ޤާނޫނުތަކާއި ގަވާއިދުތަކަށް ތަބާވާކަން ކަށަވަރުކުރުން.
- ވިޔަފާރީގެ އަޚްލާޤީ އުސޫލުތަކަށް ތަބާވުމާއި، ނަޒާހަތްތެރިކަމުގެ ސަޤާފަތެއް ކުރިއެރުވުން.
ރިސްކް މެނޭޖްމަންޓް:
- ކުންފުންޏަށް ކުރިމަތިވެދާނެ ނުރައްކާތައް ދެނެގަނެ އެކަން ކުޑަކުރުން.
- ރިސްކް މެނޭޖްމަންޓް ސްޓްރެޓެޖީތައް އެކުލަވާލައި ތަންފީޒުކުރުން.