މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ރަސްފަންނު މޫދަށް އެރޭ ސަރަޙައްދު ޢާންމުންނަށް ބަންދުކުރުމާއި ގުޅޭ
ރަސްފަންނުގެ މޫދަށް އެރޭ ސަރަޙައްދުގެ 500 އަކަ މީޓަރުގެ ބޮޑުމިނުގެ ސަރަޙައްދެއްގައި އެއް ފޫޓުގެ ފުންމިނަށް ކިސަޑު ޖަމާވެފައިވާކަން ފާހަގަކުރެވިފައިވާތީ. މިކަމާއި ގުޅިގެން، އެ ސަރަޙައްދުން ކިސަޑު ނަގައި، ބީޗަށް ވެލި އެޅުމުގެ މަސައްކަތް 17 ފެބުރުވަރީ 2025 ވާ ހޯމަ ދުވަހުގެ ހެނދުނު 09:00 ގައި ފެށިގެންދާނެ ވާހަކަ ދަންނަވަމެވެ.
ވީމާ، މި މަސައްކަތް ފެށި ކުރިއަށްދާ މުއްދަތުގައި، މަސައްކަތް ނިމެންދެން ރަސްފަންނުގެ މޫދަށް އެރޭ ސަރަޙައްދު އާންމުންނަށް ބަންދުކުރެވިފައި ހުންނާނެ ވާހަކަ ދަންނަވަމެވެ. އަދި މި އިޢުލާނާއެކު ރަސްފަންނުގެ އާންމުންނަށް ބަންދުކުރެވިފައިވާ ސަރަޙައްދުގެ ތަފްސީލު އެނގޭނެ ޗާޓެއް ހިމަނާފައިވާނެއެވެ.
17 ޝަޢުބާން 1446
16 ފެބުރުވަރީ 2025
ހޯދާ