އަރިއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަތޮޅުވެހި އިމާރާތް ދިގު މުއްދަތަށް ކުއްޔަށް ދޫކުރުން

 

އަތޮޅުވެހި އިމާރާތް ދިގު މުއްދަތަށް ކުއްޔަށް ދޫކުރުން.

 

މިކައުންސިލްގެ އަތޮޅުވެހި އިމާރާތް 10 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ހިފާނެފަރާތެއް ހޯދުމަށްކުރި (ނަމްބަރު: (IUL)234-C/234/2024/12) އިޢުލާނާއި ގުޅިގެން ހުށަހަޅާފައިވާ އަންދާސީހިސާބުގެ އަގު ކުޑަކަމަށް ފެންނާތީ އެ އިޢުލާން ބާތިލުކުރުމަށްފަހު އަލުން އިޢުލާނުކުރަމެވެ.

ވީމާ މިއިމާރާތް ކުއްޔަށް ހިފުމަށް ޝައުޤުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހަޅަންޖެހޭ ތާރީޚާ އިތުރު މަޢުލޫމާތު ތިރީގައި އެވަނީއެވެ.

  • ‏ ޕްރޮޕޯސަލް ހުށަހެޅުމަށް ރަޖިސްޓްރީވުން: މިއިޢުލާނާއެކު އެޓޭޗް ކޮށްފައިވާ ބިޑްރަޖިސްޓްރޭޝަން ފޯމް ފުރިހަމަ ކުރުމަށްފަހު 23 ފެބްރުއަރީ 2025 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ނިޔަލަށް [email protected]  އަށް މެއިލްކޮށްގެން.
  •  މައުލޫމާތު ދިނުމުގެ ބައްދަލުވުން: 20 ފެބްރުއަރީ 2025 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި މި އިދާރާ ގައި.
  • ޕްރޮޕޯސަލް ހުށަހެޅުމާއި ހުޅުވުން: 27 ފެބްރުއަރީ 2025 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި މިއިދާރާގައި، ޕްރޮޕޯސަލް ހުށަހެޅުމަށް ބާއްވާ ބައްދަލުވުމުގައި.

މިއިޢުލާނާއި ގުޅޭ މަޢުލޫމާތާއި، ޕްރޮޕޯސަލްގައި ހިމަނަންޖެހޭ ތަކެތި އެނގޭނެ މަޢުލޫމާތު ކަރުދާސް ރަޖިސްޓްރީވާ ފަރާތްތަކަށް މެއިލް ކުރެވޭނެއެވެ.

މިއިއުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރަން ބޭނުންވާނަމަ 20 ފެބްރުއަރީ 2025 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 ގެ ކުރިން [email protected]  އަށް މެއިލްކުރުން އެދެމެވެ. 

ޕްރޮޕޯސަލް ހުށަހެޅުމަށް ރެޖިސްޓަރ ނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެއެވެ.

ވީމާ މިވާހަކަ ޢާންމުކުރުމަށް އަންގާ އިޢުލާނުކުރަމެވެ.

16 ފެބުރުވަރީ 2025
ހޯދާ