ދިވެހިރާއްޖެ
ނަންބަރ: 258/258/2025/18(IUL)
އިޢުލާން
ބަނދަރު ތަރުތީބު ކުރުން
ހަނިމާދޫ ބަނދަރުގައި އުޅަނދުފަހަރު އެޅުމަށް ކައުންސިލުން ކަނޑަ އަޅާ ޢާއްމުކޮށްފައިވާ އުސޫލާއި އެއްގޮތަށް އުޅަނދު ފަހަރަށް ދޫކުރެވިފައިވާ ބޯސާ ތަކަށް އެ އުޅަނދު ފަހަރު ބަދަލުކުރުން 2025 ފެބުރުވަރީ 18 ވަނަ ދުވަހުގެ ނިޔަލަށް ބަދަލު ކޮށްނިންމުމަށާއި ބަނދަރުގައި ވެލި ޖެއްސުމަށް ކަނޑައަޅާ ފައިވާ ސަރަޙައްދައް 2025 ފެބުރުވަރީ 20 ވަނަ ދުވަހުގެ ކުރިން ވެލި ޖެއްސުން ބަދަލުކުރުމާއި މި ތާރީޚްގެ ފަހުން އުޅަނދުފަހަރު ޤަވަޢީދާ ޚިލާފަށް ބަހައްޓާ ފައިވާނަމަ ކަނޑައެޅިފައިވާ ޖުރުމަނާ ކުރުމާއި އަދި ވެލި ބަހައްޓާތަން ފިޔަވާ ޕޭ މަންޓް މަތީގައި ވެލި ބަހައްޓައިފި ނަމަ އެ ވެލި އެ ސަރަޙައްދުން ނަގާ ނައްތާލާނެ ކަމަށާއި ނައްތާލާ ވެލީގެ ޒިންމާ ކައުންސިލުން ނުއުފުލާނެ ކަމަށާއި އަދި ބަނދަރު ޓީ ޖެޓީ ޞަރަޙައްދުގައި 24 ގަޑި އިރައް ވުރެ އިތުރައް މުދާ ނުބެހެއްޓުމާއި އިތުރު ވަގުތު މުދާ ބަހައްޓާނަމަ ކައުންސިލުގެ ހުއްދަ ލިއުމުން ހޯއްދުމަށާއި ހުއްދަ އަކާ ނުލާ ބަހައްޓާ މުދާ އެ ސަރަޙައްދުން ނަގާ ނައްތާލާނެ ކަމުގައި ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.
17 ޝައުބާން 1446
16 ފެބުރުވަރީ 2025