ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތިނަދޫ ސިޓީގައި މައިޒާންތައް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން ހޮސްޕިޓަލް ކުރިމަތީގައި އޮންނަ މައިޒާން ތަރައްޤީކުރުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

ތިނަދޫ ސިޓީގައި މައިޒާންތައް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން ހޮސްޕިޓަލް ކުރިމަތީގައި އޮންނަ މައިޒާން ތަރައްޤީކުރުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް

      ތިނަދޫ ސިޓީގައި މި ކައުންސިލުންދޭ މަޢުލޫމާތާއި އެއްގޮތަށް އަމިއްލަތަކެތީގައި ގްރީން ހޮސްޕިޓަލް އިރުމަތީ ފަރާތުގައި އޮންނަ މައިޒާން ތަރައްޤީކުރުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާނުކުރަމެވެ.

       ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓަރ ކުރައްވާ، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު މިއިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް ބިޑަށް ރަޖިސްޓަރ ކުރައްވާ ހުރިހާ ފަރާތްތަކަށް މެއިލް މެދުވެރިކޮށް ފޮނުވޭނެއެވެ. ބީލަމުގައި ބައިވެރިވެލައްވަން އެދޭ ފަރާތްތަކުން 27 ފެބްރުއަރީ 2024 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މިއިދާރާއަށް ވަޑައިގެން ނުވަތަ މެއިލް [email protected] މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. މި އިޢުލާނާއި އެކު ރެޖިސްޓްރޭޝަން ފޯރމް އެއްކަރުދާސް ކުރެވިފައިވާނެއެވެ.  

            އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 06 މާރޗް 2025 ވާ ބުރާސްފަތި ދުވަހުގެ 11:30 ގައި މިއިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ.

 

ތާރީޚް

ގަޑި

ތަން

މަޢުލޫމާތު ސާފްކުރުން

16 ފެބްރުއަރީ 2025 އިން ފެށިގެން 27 ފެބްރުއަރީ 2025 އަށް

14:00ގެ ކުރިން

ތިނަދޫ ސިޓީ ކައުންސިލް އިދާރާގެ ނުވަތަ އީމެއިލް މެދުވެރިކޮށް

ބީލަން ހުށަހެޅުން

06 މާރޗް 2025

11:30

ތިނަދޫ ސިޓީ ކައުންސިލް އިދާރާގެ މީޓިންގް ރޫމް


                         17 ޝަޢުބާން 1446

16 ފެބުރުވަރީ 2025
ހޯދާ