މިނިސްޓްރީ އޮފް ޑިފެންސް
ދިވެހިރާއްޖެ
އެމް.އެން.ޑީ.އެފް އިން ކުރިއަށްގެންދާ އަސްކަރީ ތަމްރީނުތަކެއް 2025 ފެބުރުވަރީ 17 އިން 21 އަށް ކޮންމެ ދުވަހެއްގެ 18:00 އިން 06:00 އަށް، ޅ. މާފިލާފުށީގައި ކުރިއަށްގެންދިއުން

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) އިން ކުރިއަށްގެންދާ އަސްކަރީ ތަމްރީނުތަކެއް 2025 ފެބުރުވަރީ 17 އިން 21 އަށް ކޮންމެ ދުވަހެއްގެ 18:00 އިން 06:00 އަށް، ޅ. މާފިލާފުށީގައި ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މި ތަމްރީނުތަކުގައި ބޭނުންކުރާ ފްލެއަރސް ދަތުރުކުރާނީ ޅ. މާފިލާފުށިގެ ވަށައިގެން 200 މީޓަރ ދުރުމިނަށެވެ. އަދި ފުލެއަރސް ދަތުރުކުރާނެ އުސްމިނަކީ 200 މީޓަރެވެ.

ވީމާ، މިވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.  

16 ފެބުރުވަރީ 2025
ހޯދާ