ކޮޅުމަޑުލު މަޑިފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ޙާފިޘްގެ ހުރުމާއި ކެއުން ހަމަޖެއްސުމާއިގުޅޭ
1446 ވަނަ އަހަރުގެ ރަމަޟާންމަހު ތަރާވީޙް ނަމާދު ކުރުމަށް ގެނެވޭ ޙާފިޘުގެ ފަރިއްކޮޅާއި އަދި ހުރުމުގެ އިންތިޒާމް ހަމަޖައްސައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. (މުއްދަތު 30 ދުވަސް)
ޝަރުތު
- ކޮޓަރީގައި މައިގަނޑު ފަރިނީޗަރު ހަމައަށް ހުރުން. ( އެނދު، އަލަމާރި، ޑްރެސިންގ ޓޭބަލް )
- ކޮޓަރީގައި އޭސީ ހަރުކޮށްފައި ހުރުން.
- އަންނައުނު ދޮވެ އިސްތިރިކޮށް ދިނުން
- ފަރިއްކޮޅު ހަމަޖައްސައިދިނުން ( ރޯދަ ވީއްލުން، ތަރާވިސްދަން، ހާރުދަން )
ވީމާ، މަތީގައިވާ ޝަރުތުތަކާއިއެކު މިކަން ކޮށްދިނުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 23 ފެބްރުއަރީ 2025 ވާ އާދީއްތަ ދުވަހުގެ 13:00 އަށް މިއިދާރާއަށް އެސްޓިމޭޓް ހުށަހެޅުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިއިދާރާގެ ނަމްބަރު 6780034 އާއި ގުޅުއްވުން އެދެމެވެ.
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
16 ފެބުރުވަރީ 2025
ހޯދާ