ދިވެހިރާއްޖެ
ޅ. ކުރެންދޫ ފަލަކު ކިޔާ ގޯތީގެ ހުޅަނގުން، އޮތް ހުސްބިން ކުރުމަށްފަހު، އެ 20 (ވިހި) އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށް ހުޅުވާލަމެވެ.
ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 20 ފެބްރުއަރީ 2025ވާ ބުރާސްފަތި ދުވަހުގެ ދުވަހުގެ 11:30އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 27 ފެބްރުއަރީ 2025ވާ ބުދަ ދުވަހުގެ 11:30އަށް ޕްރޮޕޯޒަލް ހުށަހެޅުއްވުން އެދެމެވެ. ޕްރޮޕޯޒަލް ހުށަހެޅުއްވޭނީ، 20 ފެބްރީއަރީ 2025ވަނަ ދުވަހުގެ 11:30ގައި އޮންނަ މަޢްލޫމާތު ދިނުމުގެ ސެޝަންގައި ބައިވެރިވެވަޑައިގަންނަވާ ފަރާތްތަކަށެވެ.
އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން، މިއިދާރާއަށް އީމެއިލް ކުރެއްވުން އެދެމެވެ. ނުވަތަ 7773649 ނަމްބަރާ ނުވަތަ 6620456 ނަންބަރާ ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.
މިހެންވެ މިކަން ޢާއްމު އަންގާ އިޢްލާން ކުރީމެވެ.