ދިވެހިރާއްޖެ
ޅ. ކުރެންދޫ ޢީފާ ކިޔާ، ކާނިގަސްދޮށުގެ ކިޔާ ގޯއްޗާއި، އޮއެސިސް ކިޔާ ގޯތީގެ ހުޅަނގުން، އޮތް ހުސްބިން 6 ބައި ކުރުމަށްފަހު، އެ 6 ބިން، ވަގުތީގޮތުން 03 (ތިނެއް) އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށް ހުޅުވާލަމެވެ.
ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 20 ފެބްރުއަރީ 2025ވާ ބުރާސްފަތި ދުވަހުގެ 10:30އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 27 ފެބްރުއަރީ 2025ވާ ބުރާސްފަތި ދުވަހުގެ 10:30އަށް ޕްރޮޕޯޒަލް ހުށަހެޅުއްވުން އެދެމެވެ. ޕްރޮޕޯޒަލް ހުށަހެޅުއްވޭނީ، 20 ފެބްރީއަރީ 2025ގައި އޮންނަ މަޢްލޫމާތު ދިނުމުގެ ސެޝަންގައި ބައިވެރިވެވަޑައިގަންނަވާ ފަރާތްތަކަށެވެ.
އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން، މިއިދާރާއަށް އީމެއިލް ކުރެއްވުން އެދެމެވެ. ނުވަތަ 7773649 ނަމްބަރާ ނުވަތަ 6620456 ނަންބަރާ ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.
މިހެންވެ މިކަން ޢާއްމު އަންގާ އިޢްލާން ކުރީމެވެ.