ފާދިއްޕޮޅު ކުރެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބިން ކުއްޔަށް ދޫކުރުން.

    ޅ. ކުރެންދޫ އަސުރުމާގެ ކިޔާ ގޯތީގެ ހުޅަނގުން، ޅ. ކުރެންދޫ، މައިޒާން ކިޔާ ގޯތީގެ އުތުރުގައި އޮތް ހުސްބިން ދެބައި ކުރުމަށްފަހު، އެ ދެ ބިން، 20 (ވިހި) އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށް ހުޅުވާލަމެވެ.  

 

         ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 19 ފެބްރުއަރީ 2025ވާ ބުދަ ދުވަހުގެ 13:30އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 26 ފެބްރުއަރީ 2025ވާ ބުދަ ދުވަހުގެ 13:30އަށް ޕްރޮޕޯޒަލް ހުށަހެޅުއްވުން އެދެމެވެ. ޕްރޮޕޯޒަލް ހުށަހެޅުއްވޭނީ، 19 ފެބްރީއަރީ 2025ގައި އޮންނަ މަޢްލޫމާތު ދިނުމުގެ ސެޝަންގައި ބައިވެރިވެވަޑައިގަންނަވާ ފަރާތްތަކަށެވެ.

 

         އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން، މިއިދާރާއަށް އީމެއިލް ކުރެއްވުން އެދެމެވެ. ނުވަތަ 7773649 ނަމްބަރާ ނުވަތަ 6620456 ނަންބަރާ ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

 

         މިހެންވެ މިކަން ޢާއްމު އަންގާ އިޢްލާން ކުރީމެވެ.

13 ފެބުރުވަރީ 2025
ހޯދާ