ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
މަޤާމް: ކައުންސެލަރ
ބޭނުންވާ އަދަދު: 1
މަޤާމުގެ ރޭންކު: އެމް. އެސް. 1
މަޤާމުގެ ނަމްބަރު: 188-OD/22/2015/54
މަޤާމުގެ ކްލެސިފިކޭޝަން: ޓެކްނިކަލް އޮފިސަރ ގްރޭޑް 1
މަސައްކަތްކުރުމަށް ހަމަޖެހިފައިވާ ތަން: ކ. އަތޮޅު ތަޢުލީމީ މަރުކަޒު، ކ. ތުލުސްދޫ
މުސާރަ: -/5610 ރުފިޔާ
ސަރވިސް އެލަވަންސް: -/2000 ރުފިޔާ
(އިތުރަށްކުރާ މަސައްކަތްތަކަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.)
މަޤާމުގެ ޝަރުޠު:
ކައުންސެލަރެއްގެ މަސައްކަތްކުރުމުގެ ހުނަރު ޤާބިލްކަން ސާބިތުކޮށްދިނުމާއެކު؛
1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހު މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
2. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛
3. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.
މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:
- އަޚުލާޤީ މައްސަލަތައް ދިމާވާ ދަރިވަރުންގެ އެންމެހައި މައްސަލަތައް ޒިންމާދާރުކަމާއެކު ބެލުމާއި، އެ ދަރިވަރުންނަށް ކައުންސެލިންގ ދޭންޖެހިއްޖެ ޙާލަތެއްގައި ކައުންސެލިންގދީ، އަމާނާތްތެރިކަމާއެކު ރިކޯޑްތައް ބެލެހެއްޓުން.
- ކައުންސެލިންގދޭ ދަރިވަރުންނާ މުޚާޠަބްކުރާއިރު އޯގާތެރިކަމާއެކު މުޚާޠަބުކުރުމާއި، އެކުދިންގެ މައްސަލަތައް ދެނެގަތުން.
- އަޚްލާޤީ މައްސަލަތައް ހުންނަ ދަރިވަރުންނަށް ކައުންސެލިންގ ދިނުމުގައި ބައްދަލުކުރަންޖެހޭ ފަރާތްތަކާ ބައްދަލުކޮށް މަޝްވަރާކުރުން.
- ކައުންސެލިންގ ބޭނުންވާ ދަރިވަރުންގެ ބެލެނިވެރިންނާ ބައްދަލުކޮށް ދަރިވަރާބެހޭގޮތުން މަޢުލޫމާތުހޯދައި، ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުމާއި، އެ ދަރިވަރުންގެ ބެލެނިވެރިންނަށް ކައުންސެލިންގ ދޭންޖެހިއްޖެ ޙާލަތެއްގައި އެކަން ވެސް ކުރުން.
- ހަފުތާގެ މައްސަލަތައް، ޑެޕިއުޓީ ޕްރިންސިޕަލް، އެޑްމިނިސްޓްރޭޝަނާ ހިއްސާކުރުން.
- އޮފީހުން ކުރިއަށްގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި، އޮފީހުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން.
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުން:
- ރީތި ބަހުން މުޢާމަލާތުކުރަން އެނގުން.
- ތަޢުލީމާއި ތަމްރީން ލިބިފައިވާ މިންވަރަށް ބަލައިގެން.
- މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މިންވަރަށް ބަލައިގެން.
- ވަޒީފާއާބެހޭ ޤާނޫނާއި ދިވެހި ސިވިލް ސަރވިސްގެ ގަވާއިދަށް އަހުލުވެރިވެފައިވާ ފަރާތެއްކަމުގައިވުން.
- މަސައްކަތުގެ ހުނަރާއި ފެންވަރާއި ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.
ހުށަހަޅަންޖެހޭ ތަކެތި:
- ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، މި މަރުކަޒުގެ އޮފީހުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ www.csc.gov.mv ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.)
- ސިވިލް ސަރވިސްއަށް/ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއްއޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި، އެކްރެޑިޓްކޮށް، އެޓެސްޓުކުރެވިފައިވާ ތަޢުލީމީ ސެޓިފިކެޓުތަކުގެ ކޮޕީ.
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
- ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގައިވާ ލިޔުންތައް ފެންނާނޭ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)
ސުންގަޑި:
މަޤާމަށް ޝައުޤުވެރިވާ، ޝަރުޠު ފުރިހަމަވާ ފަރާތްތަކުން، 2015 އޮގަސްޓު 9 ވާ އާދީއްތަ ދުވަހުގެ މެންދުރު 14:00 ގެ ކުރިން މަތީގައި ބަޔާންކޮށްފައިވާ ލިޔުންތަކާއެކު، ވަޒީފާއަށް އެދޭ ފޯމު، މި ސްކޫލުގެ އޮފީހަށް ހުށަހަޅުން އެދެމެވެ.
އިންޓަވިއު:
ވަޒީފާއަށް ކުރިމަތިލުމަށް ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ވަޒީފާއަށް ޝަރުޠުހަމަވާ އެންމެ ޤާބިލު ފަރާތް ހޮވުމަށް ބޭއްވޭ އިންޓަވިއު، އިޢުލާނުގެ މުއްދަތު ހަމަވާތާ 7 ދުވަހުގެ ތެރޭގައި އަތޮޅު ތަޢުލީމީ މަރުކަޒުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ޝަރުޠު ހަމަވާ ފަރާތްތަކަށް، އިންޓަވިއުއަށް ހާޒިރުވާންޖެހޭ ގަޑި، އެއްދުވަސް ކުރިން އެންގޭނެއެވެ.
ނޯޓު:
ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުކޮށް ހުށަހަޅާ އެޕްލިކޭޝަންތައް ބާޠިލްކުރެވޭނެއެވެ.
އިތުރު މަޢުލޫމާތު:
މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށް ރަސްމީ ދުވަސްތަކުގެ ހެނދުނު 10:00 ން މެންދުރުފަހު 14:00 އަށް މި މި މަރުކަޒަށް ހާޒިރުވެގެން ނުވަތަ މަރުކަޒުގެ 6640095 ނަންބަރު ފޯނާ ގުޅައިގެން މަޢުލޫމާތު ސާފުކުރުން އެދެމެވެ.
ފެކްސް ނަންބަރަކީ 6640095 އެވެ. އީމެއިލް އެޑްރަހަކީ [email protected] އެވެ.
18 ޝައްޥާލް 1436