ދިވެހިރާއްޖެ
މި އެސޯސިއޭޝަންގެ 2025 ވަނަ އަހަރުގެ އަހަރީ ޢާންމު ޖަލްސާ، 20 މާރިޗު 2025 ވާ ބުރާސްފަތި ދުވަހުގެރޭ 21:00 ގައި ހ.މުނިއުފާ (މާލެ ޓީޓީ ހޯލް) ގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
ވީމާ މި އެސޯސިއޭޝަންގެ އެންމެހާ މެންބަރުންގެ މަޢުލޫމާތަށްޓަކައި މި ވާހަކަ ދެންނެވީމެވެ. މިޖަލްސާގައި ބައިވެރިވެ ވޯޓްލުމުގެ ޙައްޤު ލިބިދޭނީ ރަޖިސްޓްރީ ވެފައިވާ މެމްބަރުންގެ ތެރެއިން 28 ފެބްރުއަރީ 2025 ވާ ހުކުރު ދުވަހުގެ ނިޔަލަށް މިއަހަރުގެ އަހަރީ ފީ ދައްކާފައިވާ މެމްބަރުންނަށެވެ. އަހަރީ ޢާންމު ޖަލްސާގެ އެޖެންޑާ، އަދި ވަގުތު ފަހުގެ ތާރީޙެއްގައި އިޢުލާން ކުރެވޭނެ ވާހަކަ ދެންނެވީމެވެ.
އިތުރު މަޢުލުމާތު ބޭނުންފުޅުވެލައްވާނަމަ ހެންދުނު 10:00 ން 18:00 ށް މިއެސޯސިއޭޝަންގެ ހޮޓްލައިން 9794014 ނުވަތަ 10:00 އާއި 16:00 އާއި ދެމެދު 7778722 7779140 ނަންބަރާއި ގުޅުއްވުން ނޫނީ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.