މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މާލޭ ސަރަހައްދުގެ ގޭގޭގައި ހުރި ނައްތާލަން ބޭނުންވާ ބާ މުޞްޙަފުތަކާއި ޤުރުއާނުގެ އާޔަތް ނުވަތަ ޙަދީޘް ހިމެނޭ އެފަދަ ދީނީ ފޮތްތަކާއި ލިޔުންތައް ނައްތާލުމާ ގުޅޭ.

އިޢުލާން

 

މާލޭ ސަރަހައްދުގެ ގޭގޭގައި ހުރި ނައްތާލަން ބޭނުންވާ ބާ މުޞްޙަފުތަކާއި ޤުރުއާނުގެ އާޔަތް ނުވަތަ ޙަދީޘްހިމެނޭ އެފަދަ ދީނީ ފޮތްތަކާއި ލިޔުންތައް ނައްތާލުމާ ގުޅޭ.

                މާލޭ ސަރަޙައްދުގެ ގޭގޭގައި ހުރި ނައްތާލަން ބޭނުންވާ ބާ މުޞްޙަފުތަކާއި ޤުރުއާނުގެ އާޔަތް ނުވަތަ ޙަދީޘް ހިމެނޭ އެފަދަ ދީނީ ފޮތްތަކާއި ލިޔުންތައް، އަހަރަކު 2 ފަހަރު ގޭގެއިން ގެނެސް މި އިދާރާއާ ޙަވާލުކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް މި އިދާރާއިން ވަނީ ނިންމާފައެވެ.

                މިގޮތުން، މި އަހަރުގެ ފުރަތަމަ ބުރު، ގޭގެއިން ގެންނަ އެފަދަ ތަކެތި މި އިދާރާއަށް ބަލައިގަތުމުގެ އިންތިޒާމް، 16 ފެބުރުވަރީ 2025 ން 28 ފެބުރުވަރީ 2025 ގެ ނިޔަލަށް ކޮންމެ ދުވަހެއްގެ ހެނދުނު 9:00 ން މެންދުރުފަހު 14:00 އަށް މި އިދާރާގެ ވޭސްޓް ސެކްޝަން ހުންނަ (ފަލަސްތީން ހިނގުމުގައި) މި ތަކެތި ބަލައިގަތުމަށް މޭޒެއް ބެހެއްޓިފައި ހުންނާނެ ވާހަކަ އާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

15 ފެބުރުވަރީ 2025
ހޯދާ