އަރިއަތޮޅު ދެކުނުބުރީ ކުނބުރުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
2025 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ޢާންމު ޖަލްސާ ބޭއްވުމާގުޅޭ
ޤާނޫނު ނަންބަރު 2010/7 "ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު" ގެ 107 ވަނަ މާއްދާގައިވާ ގޮތުގެމަތީން، ކައުންސިލްތަކުން ކޮންމެ އަހަރެއްގެ ފެބްރުއަރީ މަހުގައި އާންމުންނަށް ހުޅުވާލައިގެން ބޭއްވުމަށް ހަމަޖެހިފައިވާ ބައްދަލުވުން، 21 ފެބްރުވަރީ 2025 ވާ ހުކުރު ދުވަހުގެ ރޭގަނޑު 20:45 ގައި، މިރަށު ޕްރީ-ސްކޫލް ހޯލުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
މި ބައްދަލުވުމުގައި ކައުންސިލްގެ 2024 ވަނަ އަހަރުގެ އަހަރީ ރިޕޯޓާއި، ކައުންސިލުން 2025 ވަނަ އަހަރަށް ކަނޑައަޅާފައިވާ މަސައްކަތު ތާވަލްތަކަށް ގެނެވިފައިވާ ބަދަލުތައް ޙިއްސާކުރުން އޮންނާނެއެވެ.
ވީމާ މިކަން އާންމުކޮށް އެންގުމަށްޓަކައި އިއުލާންކުރީމެވެ.
14 ފެބުރުވަރީ 2025
ހޯދާ