ކޮޅުމަޑުލު ވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރައްޔިތުންގެ ބައްދަލުވުން

ދިވެހިރާއްޖޭ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގައިވާ ގޮތުގެމަތިން ކޮންމެ އަހަރެއްގެ ފެބްރުއަރީ މަހު ރައްޔިތުންނައް އާއްމުކޮށް ހުޅުވާލެވިގެން ބާއްވާ ބައްދަލުވުން 21 ފެބްރުއަރީ 2023 ވާ ހުކުރު ދުވަހުގެރޭ 8:30 ގައި ރައްޔިތުންގެ ޤުރުޢާން ކުލާހުގައި ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. މިބައްދަލުވުމުގެ އެޖެންޑާގައި ހިމެނިފައިވާ ކަންކަން ތިރީގައި އެވަނީއެވެ.
1. 2024 ވަނަ އަހަރު ހިންގުނު ޙަރަކާތްތަކުގެ ތަޕްޞީލް ރިޕޯޓު ހިއްސާކުރުން
2. 2024 ވަނަ އަހަރު ކައުންސިލްގެ މާލީ ރިޕޯޓު ހިއްސާކުރުން
3. ތަރައްޤީގެ ޕްލޭނައް އަމަލީސިފަ އަންނަމުންދާގޮތުގެ މައުލޫމާތު ހިއްސާކުރުން
4. ލޭންޑްޔޫސް ޕްލޭން އިސްލާކުރުމާއިމެދު މަޝްވަރާކުރުން.
 
ރައްޔިތުންގެ ބައްދަލުވުމުގައި ހިއްސާކުރުމަށް ހަމަޖެހިފައިވާ ޕޯޓްތައް މިއަދުން ފެށިގެން ވަންދޫ ކައުންސިލް އިދާރާއިން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނޭކަމުގައި ދެންނެވީމެވެ. މިބައްދަލުވުމުގައި ވީހާވެސް ގިނަފަރާތްތަކުން ބައިވެރިވުމަކީ މިކައުންސިލްގެ ވަރަށްބޮޑުއެދުމެކެވެ.
                             މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ވަންދޫ ކައުންސިލް އިދާރާގެ ނަމްބަރު 7980047 ފޯނާގުޅުއްވުންއެދެމެވެ.
ވީމާ، މިކަން އާއްމުކޮށް އެންގުމަށް އިޢުލާނުކުރީމެވެ.
ރިޕޯޓުގެލިންކު: https://tinyurl.com/mr42s74m
 
14 ފެބުރުވަރީ 2025
ހޯދާ