މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރައްޔިތުންގެ ބައްދަލުވުމުގެ ދަޢުވަތު

އިޢުލާނު

2025 ފެބުރުވަރީ މަހުގެ ރައްޔިތުންގެ ބައްދަލުވުމުގެ ދަޢުވަތު

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 1-107 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ފެބުރުވަރީ މަހު ބާއްވާ ރައްޔިތުންގެ ބައްދަލުވުން މި ހިނގާ ފެބުރުވަރީ މަހުގެ 21 ވާ ހުކުރު ދުވަހުގެ ރޭ 20:30 ގައި ތުޅާދޫ ސްކޫލް ހޯލުގައި ބޭއްވުމަށްވަނީ ހަމަޖެހިފައެވެ.

މި ބައްދަލުވުމުމުގެ އެޖެންޑާގައި ހިމެނޭ ކަންތައްތައް ތިރީގައި އެވަނީއެވެ.

-          2024 ވަނަ އަހަރު ހިންގުނު ޙަރަކާތްތަކުގެ ތަޕްޞީލް ރިޕޯޓު ޙިއްޞާކުރުން

-           2024 ވަނަ އަހަރުގެ މާލީ ހިސާބުތައް ޙިއްޞާކުރުން

ވީމާ، މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން ދެއްވުމަށް އެންމެހައި ލޮބުވެތި ރައްޔިތުންނަށް ދަޢުވަތު އަރުވަމެވެ. މި އިޢުލާނާއެކު 2024 ވަނަ އަހަރު ހިންގުނު ޙަރަކާތްތަކުގެ ތަޕްޞީލް ރިޕޯޓާއި 2024 ވަނަ އަހަރުގެ މާލީ ހިސާބުތައް ޢާއްމުކުރެވިފައިވާނެއެވެ.


މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ

 

14 ފެބުރުވަރީ 2025
ހޯދާ