ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޕޭސްޓްރީ ހަދަން ދަސްކޮށްދޭ ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުން

ގދ.ހޯނޑެއްދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއިން އިސްނަގައިގެން 20 ފެބުރުވަރީ 2025 ން ފެށިގެން ޕޭސްޓްރީ ހަދަން ދަސްކޮށްދުނުމުގެ ޕްރޮގްރާމެއް ބޭއްވުމަށް ވަނީ ނިންމާފައެވެ. މިޕްރޮގްރާމްގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ކޮންމެ ބައިވެރިއެއްގެ އަތުން 1000.00ރ ގެ ފީއެއް ނަގައިގެންނެވެ. މި ޕްރޮގްރާމްއަކީ 10 ދުވަހުގެ މުއްދަތަށް ކުރިއަށްގެންދެވޭ ޕްރޮގްރާމެކެވެ. ޕްރޮގްރާމްގައި ޖުމްލަ 20 ބާވަތުގެ ޕޭސްޓްރީ ހަދަން ދަސްކޮށްދެވޭއިރު،  ޕްރޮގްރާމްގައި ބޭނުންކުރާ ހުރިހާ ތަކެއްޗެއް ފޯރުކޮށްދެވޭނެއެވެ. ޕްރޮގްރާމްގައި ދަސްކޮށްދެވޭނީ 20 ބައިވެރިންނަށެވެ. ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުޞަތު ދެވޭނީ ރެޖިސްޓްރޭޝަން ފޯމް ފުރުމަށްފަހު ކައުންސިލަށް ފީ ދައްކާ ތަރުތީބުން އެންމެ ފުރަތަމަ ބައިވެރިވާ 20 މީހުންނަށެވެ. މި ޕްރޮގްރާމްގައި ބައިވެރިވާ މީހުންގެ ތެރެއިން ހޯނޑެއްދޫގެ ރަށްވެއްސެއްގެ ގޮތުގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކާއި، ހޯނޑެއްދޫ ރައްޔިތަކާއި އިނދެގެން އުޅޭ ފަރާތްތަކުން ދައްކަންޖެހޭ ފީގެ %50 މި ކޮމިޓީއިން ދައްކާނެއެވެ.

ވީމާ، މި ޕްރޮގްރާމުގައި ބައިވެރިވެވަޑައިގަތުމަށް ޝައުޤުވެރިކަން ހުރި ފަރާތްތަކުން 2025 ފެބުރުވަރީ 18 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން ބައިވެރިވުމަށް އެދޭ އެޕްލިކޭޝަން ފޯމް ފުރުމަށްފަހު ކައުންސިލްގެ އިދާރާއަށް ފީ ދެއްކެވުން އެދެމެވެ. ބައިވެރިވުމަށް އެދޭ ފޯމް މި އިދާރާގެ ކައުންޓަރުން ލިބެންހުންނާނެއެވެ. އިތުރު މައުލޫމާތު ހޯއްދެވުމަށް 9650440 އަށް ގުޅުއްވުން އެދެމެވެ.

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.                                     

12 ފެބުރުވަރީ 2025
ހޯދާ