ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 107 ވަނަ މާއްދާގައި ލާޒިމުކުރާ ރައްޔިތުންނަށް ޢާއްމުކޮށް ހުޅުވާލައިގެން ފެބްރުއަރީ މަހުގެ ބައްދަލުކުރާ ބައްދަލުވުން 21 ފެބްރުއަރީ 2025 ވާ ހުކުރު ދުވަހުގެ ރޭ 20:15 ގައި ކައުންސިލް އިދާރާގެ ގޯތިތެރޭގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
މިބައްދަލުވުމުގައި 2024 ވަނަ އަހަރު ކައުންސިލުން ހިނގާފައިވާ ޙަރަކާތްތަކާއި 2025 ވަނަ އަހަރު ހިންގުމަށް ރާވާފައިވާ ޙަރަކާތްތަކާއި ކައުންސިލްގެ މުހިންމު ނިންމުންތައް ހިއްސާކޮށް ރައްޔިޔުންގެ ހިޔާލު ހޯދުން އޮންނާނެއެވެ. އަދި މީގެ އިތުރުން ރައްޔިތުން ކުރައްވާ ސުވާލުތަކަށް ޖަވާބު އެރުވުންވެސް އޮންނާނެއެވެ. ވީމާ، މިބައްދަލުވުމުގައި ބައިވެރިވުމަށް ރަށުގެ ވީހާވެސް ގިނަ ރައްޔިތުން ވަޑައިގެން ދެއްވުމަކީ މިކައުންސިލްގެ ނުހަނު ބޮޑު އެދުމެކެވެ.
ވީމާ ، މިކަން ޢާއްމުކޮށް އެންގުމަށްޓަކާ އިޢުލާން ކުރީމެވެ.