ދިވެހިރާއްޖެ
އިޢުލާން
ކައުންސިލްގެ 1 ވަނަ ޤުރުއާން މުބާރާތް ސްޕޮންސަރ ކުރުމުގެ ފުރުޞަތު ހުޅުވާލުން
1446 ވަނަ އަހަރު ބަރަކާތްތެރި ރަމަޟާންމަހު ރައްޔިތުންނާއި، ކުދިންގެ ހިތްތަކުގައި ޤުރުއާނަށް ލޯބިޖައްސައި، އަތޮޅު އަދި ޤައުމީ ފެންވަރުގައި ނަން ވިދާލެވޭ ފަދަ ޤާބިލް ކުދިން ތަކެއް އުފެއްދުމުގެ މަޤްޞަދުގައި މިކައުންސިލުން އިންތިޒާމްކޮށްގެން " ދަރަނބޫދޫ ކައުންސިލްގެ 1 ވަނަ ޤުރުއާން މުބާރާތް 1446 " ގެ ނަމުގައި ޤުރުއާން މުބާރާތެއް ކުރިޔަށް ގެންދިޔުމަށްހަމަޖެހިފައިވާތީ ޤުރުއާން މުބާރާތް ސްޕޮންސަރ ކުރުމުގެ ފުރުޞަތު ހުޅުވާލަމެވެ.
ޤުރުއާން މުބާރާތުގައި ސްޕޮންސަރެއްގެ ގޮތުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން 2025 މާރިޗް 05 ވާ ބުދަ ދުވަހުގެ މފ 13:00 ގެ ކުރިން ދަރަނބޫދޫ ކައުންސިލަށް ލިޔުމުން ހުށަހެޅުއްވުން އެދެމެވެ. މިއިދާރާގެ މެއިލް އެޑްރެސްއަކީ [email protected] އެވެ.
މިއިޢުލާނާއެކު ޤުރުއާން މުބާރާތުގެ ޕްރޮޕޯސަލް އެޓޭޗްކުރެވިފައިވާނެއެވެ.
ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.