ދިވެހިރާއްޖެ
ހދ. ކުރިނބީ ގައި އިމާރާތްކުރާ ބޭންކް އޮފް މޯލްޑިވްސްގެ އޭ.ޓީ.އެމް އިމާރާތްކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު 265/265/2025/9(IUL) (27 ޖަނަވަރީ 2025) އިޢުލާނާއި ގުޅިގެން ހުށަހެޅުނު އަންދާސީހިސާބުތައް އެކަށީގެންވާވަރަށްވުރެ ބޮޑުކަމަށްވާތީ، އެ އިޢުލާން ބާޠިލް ކުރުމަށްފަހު އަލުން އިޢުލާން ކުރަމެވެ.
ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފުކޮށް، ރަޖިސްޓްރީކުރުމަށްފަހު ބިޑް ހުށަހެޅުއްވުމަށް ދަންނަވަމެވެ.
ބިޑް ރަޖިސްޓްރީކުރުން އޮންލައިން ފޯމު މެދުވެރިކޮށް: ލިންކް: https://forms.gle/1o9yyCpqS8FEjEbP8 ތާރީޚް: 19 ފެބުރުވަރީ 2025 ވާ ބުދަ ދުވަހުގެ ނިޔަލަށް
|
ބިޑް ހުށަހެޅުން ތަން: ހދ. ކުރިނބީ ކައުންސިލްގެ އިދާރާގައި ތާރީޚް: 23 ފެބުރުވަރީ 2025 ވާ އާދީއްތަ ދުވަހުގެ 13:00 ގައި |
ބިޑް ހުށަހެޅުއްވުމަށް ވަޑައިގަންނަވާ ފަރާތްތަކުގެ މުއްދަތު ހަމަނުވާ ފޮޓޯޖެހި ރަސްމީލިޔުމެއް ހުށަހަޅަންވާނެއެވެ. އަންދާސީހިސާބު ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ބިޑް ރަޖިސްޓްރީ ނުކުރާ ފަރާތްތަކާއި ގަޑިޖެހިގެން ބިޑް ހުށައަޅަން ހާޒިރުވާ ފަރާތްތަކަށް ބިޑް ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ. އަދި ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން ބަޔާންކޮށްފައިވާ ސިޓީއަކާއިއެކު ފޮނުއްވުމަށް ދަންނަވަމެވެ.
މި މަސައްކަތް ކުރުމަށް ކުރިމަތިލެވޭނީ ވިޔަފާރި ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓްރީކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި (19/2014) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.