މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ތިންވަނަ ނޭޝަނަލީ ޑިޓަރމައިންޑް ކޮންޓްރިބިއުޝަން އާންމުންގެ ޚިޔާލު ހޯދުމަށް ހުޅުވާލުން

އާންމު ޚިޔާލަށް ހުޅުވާލުން

ދިވެހިރާއްޖެއިން ބައިވެރިވެފައިވާ އ.ދ.ގެ މޫސުމަށް އަންނަ ބަދަލުތަކާބެހޭ މުޢާހަދާ ކަމަށްވާ ޔުނައިޓެޑް ނޭޝަންސް ފްރޭމްވާރކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖްގެ ޕެރިސް އެގްރީމަންޓްގެ ދަށުން ދިވެހިރާއްޖޭގެ ތިންވަނަ ނޭޝަނަލީ ޑިޓަރމައިންޑް ކޮންޓްރިބިއުޝަން ގެ ޑްރާފްޓް މިހާރު ވަނީ ތައްޔާރުކޮށް ނިމިފައެވެ. ޖައްވަށް ބޭރުކުރާ ވިހަގޭހުގެ މިންވަރު ކުޑަކުރުމަށާއި މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމަށްޓަކައި ދިވެހިރާއްޖެއިން ކުރުމަށް ގަސްދުކޮށްފައިވާ މަސައްކަތްތައް މި ޕްލޭންގައި ހިމަނާފައިވާނެއެވެ.

މި ޕްލޭނަށް އާންމުންގެ ޚިޔާލު ހޯދުމަށް ހުޅުވާލެވިފައިވާ ވާހަކަ ދަންނަވަމެވެ.

މި ޕްލޭންގެ ޑްރާފްޓް މި މިނިސްޓްރީގެ ވެބްސައިޓް (www.environment.gov.mv) އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

 

މި ޕްލޭނަށް ޚިޔާލު ހުށަހަޅުއްވަން ބޭނުންފުޅުވާނަމަ، 23 ފެބްރުވަރީ ވަނަ ދުވަހުގެ 14:00 ގެ ކުރިން ([email protected]) އަށް ފޮނުއްވުން އެދެމެވެ.

13 ފެބުރުވަރީ 2025
ހޯދާ