މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
Yunnan Provincial Government Scholarship 2025

 

Yunnan Provincial Government Scholarship 2025

ޗައިނާގެ ޔުނާން ޕްރޮވިންސް ސަރުކާރުގެ ފަރާތުން ކުރިއަށްގެންދާ ޔުނާން ޕްރޮވިންޝިއަލް ގަވަމަންޓް ސްކޮލަރޝިޕް 2025 ގެ 5 ފުރުޞަތު ދިވެހިރާއްޖެއަށް ވަނީ ލިބިފައެވެ. މި ފުރުޞަތު ލިބިފައިވާ ލެވެލް ތަކަކީ:

- އަންޑަރ ގްރެޖުއޭޓް

- ޕޯސްޓް ގްރެޖުއޭޓް

- ޕީ.އެޗް.ޑީ

މިސްކޮލަރޝިޕަށް ކެންޑިޑޭޓުން ހޮވުމުގެ ހުރިހާ މަސައްކަތެއް ކުރާނީ ސްކޮލަޝިޕް ދޭ ފަރާތުންނެވެ. މިސްކޮލަރޝިޕްގެ ދަށުން ތަޢުލީމް ހާޞިލް ކުރެވޭނެ ޔުނިވާސިޓީތަކާއި މި ސްކޮލަޝިޕަށް ހޮވޭ ކެންޑިޑޭޓުންނަށް ލިބޭ ޚަރަދު ތަކުގެ ތަފްޞީލް އިއުލާނާއެކު މި މިނިސްޓްރީގެ ވެބްސައިޓަށް އަޕްލޯޑް ކޮށްފައިވާ މަޢުލޫމާތު ޝީޓްތަކުން ލިބެންހުންނާނެއެވެ.

 

މި ސްކޮލަޝިޕަށް ޝަޢުޤުވެރިވާ ފަރާތްތަކުން އެޕްލިކޭޝަން ހުށަހަޅާނީ 20 ފެބްރުވަރީ 2025 ވާ ބުރާސްފަތި ދުވަހުގެ 13.00 ކުރިން، ވެބްސައިޓްއަށް އަޕްލޯޑް ކުރެވިފައިވާ ޔުނިވާސިޓީތަކުގެ ލިސްޓުން އެ ފަރާތަކުން އިޙްތިޔާރުކުރާ ޔުނިވާސިޓީއަކަށް އަމިއްލައަށެވެ. އެޕްލިކޭޝަން ހުށަހަޅާ ފަރާތްތަކުން ޔުނިވާސިޓީއަށް އެޕްލައިކުރުމަށްފަހު މި މިނިސްޓްރީގެ ގޫގަލް ފޯމް  https://forms.gle/QzKh4d4bzRGFdKSAA))  ފުރިހަމަކުރަންވާނެއެވެ.

 

....................................................................................................................................................................

* މިޕްރޮގްރާމްތަކަށް އެދޭ ފަރާތްތަކުން، ޕްރޮގްރާމް ފުރިހަމަކުރަން ފެށުމުގެ ކުރިން އެ ޕްރޮގްރާމެއް ހިންގާ ޔުނިވަރސިޓީ/ އިންސްޓިޓިއުޓަކީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމް.ކިޔު.އޭ) އިން ޤަބޫލުކުރާ މަރުކަޒެއްކަމާއި، އެ ޕްރޮގްރާމަކީ އެމް.ކިޔު.އޭ އިން ޤަބޫލުކުރާ ޕްރޮގްރާމެއްކަން ކަށަވަރު ކުރަން ވާނެއެވެ.

 

* މީގެއިތުރުން ޕްރޮފެޝަނަލް ނުވަތަ ލައިސެންސިންގ ދާއިރާތަކުގެ ޕްރޮގްރާމް ހެދުމަށް ހޮވޭ ފަރާތްތަކުން، އެ ޕްރޮގްރާމެއް ފުރިހަމަކުރަން ފެށުމުގެ ކުރިން، ކަމާބެހޭ އިދާރާއަކުން (މިސާލު: މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލް، މޯލްޑިވްސް ނަރސިންގ އެންޑް މިޑްވައިފްރީ ކައުންސިލް، މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް، ސިވިލް އޭވިއޭޝަން އޮތޯރިޓީ ފަދަ ތަންތަނުން) ޤަބޫލުކުރާ މަރުކަޒެއްގައި ހިންގާ، އެ އިދާރާއަކުން ޤަބޫލުކުރާ ޕްރޮގްރާމެއްކަން ކަށަވަރު ކުރަން ވާނެއެވެ.

13 ފެބުރުވަރީ 2025
ހޯދާ