އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޢުލާން - އައްޑޫ ސިޓީ ހިތަދޫ އަވަށުން 11 ބިން ކުއްޔަށް ދޫކުރުން

އިޢުލާން

 

އައްޑޫ ސިޓީ ހިތަދޫ އަވަށުން 11 ބިން ކުއްޔަށް ދޫކުރުން

 

އައްޑޫސިޓީ ހިތަދޫ އަވަށުގެ ކޮމާޝަލް ޒޯން ސަރަހައްދުން ބިން ކުއްޔަށް ހިފަން ޝައުޤުވެރިވެލައްވާ ރަޖިސްޓްރީ ކޮށްފައިވާ ފަރުދުންގެ ވިޔަފާރި، ކުންފުނި އަދި ޕާޓްނަރޝިޕްތަކަށް ފުރުޞަތު ހުޅުވާލަމެވެ.

#

އަވަށް

ކުލީ ބިމުގެ ނަންބަރު

ބިމުގެ ބޮޑުމިން

ކުއްޔަށް ދޫކުރާ ބޭނުން

ސ.ހިތަދޫ

KB-1

5600 އަކަފޫޓު

ރީޓެއިލް/ހޯލްސޭލް ވިޔަފާރީގެ މަސައްކަތް ކުރުމަށް

ސ.ހިތަދޫ

KB-2

3439 އަކަފޫޓު

ޢާއްމު ވިޔަފާރީގެ މަސައްކަތް ކުރުމަށް

ސ.ހިތަދޫ

KB-3

3385 އަކަފޫޓު

ޢާއްމު ވިޔަފާރީގެ މަސައްކަތް ކުރުމަށް

ސ.ހިތަދޫ

KB-4

1500 އަކަފޫޓު

ޢާއްމު ވިޔަފާރީގެ މަސައްކަތް ކުރުމަށް

ސ.ހިތަދޫ

KB-5

1500 އަކަފޫޓު

ޢާއްމު ވިޔަފާރީގެ މަސައްކަތް ކުރުމަށް

ސ.ހިތަދޫ

KB-6

1500 އަކަފޫޓު

ޢާއްމު ވިޔަފާރީގެ މަސައްކަތް ކުރުމަށް

ސ.ހިތަދޫ

KB-7

1500 އަކަފޫޓު

ޢާއްމު ވިޔަފާރީގެ މަސައްކަތް ކުރުމަށް

ސ.ހިތަދޫ

KB-8

1500 އަކަފޫޓު

ޢާއްމު ވިޔަފާރީގެ މަސައްކަތް ކުރުމަށް

ސ.ހިތަދޫ

KB-9

1500 އަކަފޫޓު

ޢާއްމު ވިޔަފާރީގެ މަސައްކަތް ކުރުމަށް

10 

ސ.ހިތަދޫ

KB-10

1500 އަކަފޫޓު

ޢާއްމު ވިޔަފާރީގެ މަސައްކަތް ކުރުމަށް

11 

ސ.ހިތަދޫ

KB-11

1500 އަކަފޫޓު

ޢާއްމު ވިޔަފާރީގެ މަސައްކަތް ކުރުމަށް

 

ބީލަމުގައި ބައިވެރިވުމާއި މަޢުލޫމާތު ޝީޓާއި ބީލަން ހުށަހަޅާ ފޯމް ދޫކުރުމާއި އަދި ބީލަން ހުށަހެޅުމަށް ހަމަޖެހިފައިވާގޮތް ތިރީގައި އެވަނީއެވެ.

#

ތަފްޞީލް

ތާރީޚް، މުއްދަތު އަދި ގަޑި:

ބީލަމުގައި ރަޖިސްޓްރީވުން / ބައިވެރިވުން

ބީލަމުގައި ރަޖިސްޓްރީވުމަށް 300.00 (ތިންސަތޭކަ) ރުފިޔާގެ ނަން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީ އެއް ދައްކަވަންޖެހޭނެއެވެ. ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރޭޝަން ފުރިހަމަ ކުރުމަށް، ދެވިފައިވާ މުއްދަތުގެ ތެރޭގައި ބީލަމުގައި ރަޖިސްޓްރީވުމަށް، ބީލަން ގަތުމަށް ބޭނުންވާ ކުލީ ބިމުގެ ނަންބަރު، ބީލަން ގަންނަ ފަރާތުގެ ނަން، އެޑްރެސް، ގުޅޭނެ ނަންބަރު، އީ-މެއިލް އެޑްރެސް އެނގޭނެހެން މިއިދާރާގެ[email protected]  އަށް ރިކުއެސްޓްކޮށް، ފައިސާ ޑިޕޮޒިޓް ކުރުމަށްފަހު، ފައިސާ ޖަމާކުރި ކަމުގެ ސްލިޕް މެއިލް ކުރަންވާނެއެވެ. 

16 ފެބްރުއަރީ 2025އިން

26 ފެބްރުއަރީ 2025 އަށް ބަންދުނޫން ކޮންމެ ދުވަހެއްގެ 8:00އިން 14:00އަށް

މަޢުލޫމާތު ކަރުދާސް އާއި ބީލަން ފޯމް ދޫކުރުން

ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރާ ފަރާތްތަކަށް ބިން ކުއްޔަށް ދޫކުރުމަށްޓަކައި ދެވޭ މަޢުލޫމާތު ކަރުދާސް އަދި ބީލަން ހުށަހަޅާ ފޯމް މިއިދާރާއިން މެއިލް ކުރާނެއެވެ.  

 

16 ފެބްރުއަރީ 2025އިން     

26 ފެބްރުއަރީ2025 އަށް ބަންދުނޫން ކޮންމެ ދުވަހެއްގެ 9:00އިން 14:00އަށް

ބީލަން ހުށަހެޅުން

ބީލަން ބަލައިގަތުމާއި ބީލަން ހުޅުވުން އޮންނާނީ އައްޑޫ ސިޓީ ކައުންސިލް އިދާރާގައެވެ.

 

12 މާރިޗު 2025ވާ

ބުދަ ދުވަހުގެ 10:00

މި ބިންތައް ކުއްޔަށް ދޫކުރުމާއި ގުޅޭ މަޢުލޫމާތާއި ހުށަހެޅޭ ބީލަންތައް އިވެލުއޭޓްކޮށް މާރކްސް ދެވޭނެގޮތުގެ ތަފްޞީލް ބީލަމުގައި ރަޖިސްޓްރީވާ ފަރާތްތަކަށް ދޫކުރެވޭ މަޢުލޫމާތު ކަރުދާހުގައި ހިމެނިފައިވާނެއެވެ. އަދި މި ބިންތައް ހިމެނޭ ބިމުގެ ޗާޓު މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.  މި އިޢުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ، މި އިދާރާގެ ނަންބަރު 6885003 ފޯނަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ. ވީމާ، މިކަން ޢާންމުކޮށް އިޢުލާނުކުރީމެވެ.

14 ޝައުބާން  1446ހ.

13  ފެބްރުއަރީ 2025މ.

13 ފެބުރުވަރީ 2025
ހޯދާ