ދިވެހިރާއްޖެ
އިޢުލާން
2025 ވަނަ އަހަރުގެ ދިރާސީ އަހަރަށް ދަރިވަރުންނަށް ދޫކުރާ
ސްޓޭޝަނަރީ ވައުޗަރަށް ތަކެތި ދޫކުރުމަށް ރަޖިސްޓްރީކުރި ފަރާތްތައް އާންމުކުރުން
1. 2025 ވަނަ އަހަރުގެ ދިރާސީ އަހަރަށް ދަރިވަރުންނަށް ދޫކުރާ ސްޓޭޝަނަރީ ވައުޗަރަށް ތަކެތި ދޫކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތައް ރަޖިސްޓްރީކުރުމަށް މިމިނިސްޓްރީން ހުޅުވާލި ފުރުސަތުގައި އެކަމަށްއެދި ހުށަހެޅި ފަރާތްތަކުގެ ތެރެއިން، ސްޓޭޝަނަރީ ވައުޗަރަށް ތަކެތި ދޫކުރުމަށް ރަޖިސްޓްރީކޮށްފައިވާ ފަރާތްތައް މިއިޢުލާނާއެކު އާންމުކުރީމެވެ.
2. 2025 ވަނަ އަހަރުގެ ދިރާސީ އަހަރަށް ދަރިވަރުންނަށް ދޫކުރާ ސްޓޭޝަނަރީ ވައުޗަރަށް ތަކެތި ލިބިވަޑައިގަންނަވާނީ މިނިސްޓްރީ އޮފް އެޑިޔުކޭޝަންގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކުން ކަމަށް ހުރިހާ ބެލެނިވެރިންގެ މަޢުލޫމާތައްޓަކައި ދަންނަވަމެވެ. އަދި ސްޓޭޝަނަރީ ވައުޗަރަށް ތަކެތި ދޫކުރާނީ ސްޓޭޝަނަރީ ވައުޗަރުގެ އަސްލު އެފަރާތަކަށް ހުށަހެޅުމުންނެވެ.
3. 2025 ވަނަ އަހަރުގެ ދިރާސީ އަހަރަށް ދަރިވަރުންނަށް ދޫކުރާ ސްޓޭޝަނަރީ ވައުޗަރަށް ތަކެތި ދޫކުރަންވާނީ 2025 ވަނަ އަހަރުގެ ދިރާސީ އަހަރަށް ސްޓޭޝަނަރީ ވައުޗަރަށް ތަކެތި ދޫކުރުމަށް މިމިނިސްޓްރީގައި ރަޖިސްޓްރީކޮށްފައިވާ ވިޔަފާރި ތަކުންނެވެ. ރަޖިސްޓްރީކޮށްފައިނުވާ ފަރާތުން ތަކެތި ދޫކުރުމަށްފަހު ބިލް ހުށަހެޅުއްވި ނަމަވެސް، އެފަދަ ބިލްތަކަށް މިމިނިސްޓްރީން ފައިސާ ނުދެއްދޭނެ ވާހަކަ މަޢުލޫމާތައްޓަކައި ދެންނެވީމެވެ.
4. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ޕްރޮކިއުމަންޓް ސެކްޝަން
މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ވެލާނާގެ، 9 ވަނަ ފަންގިފިލާ
އަމީރު އަޙްމަދު މަގު، މާލެ، ދިވެހިރާއްޖެ.
ފޯން: 3041248 / 3041242
އީ-މެއިލް: [email protected]