މާލެއަތޮޅު ހިންމަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެކި އެކި ލުއި ސިނާޢީ މަސައްކަތްތަކަށާއި ވިޔަފާރިކުރުމަށް ބިން ކުއްުޔަށް ދޫކުރުން

އިޢުލާން

އެކިއެކި ލުއި ސިނާޢީ މަސައްކަތްތަކަށާއި ވިޔަފާރިކުރުމަށް ބިން ކުއްޔަށް ދޫކުރުން 

     އެކިއެކި ލުއި މަސައްކަތްތަކަށާއި ވިޔަފާރިތަކަށް މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާ ޗާޓްގައިވާ ސަރަހައްދުން  10000 (ދިހަހާސް) އަކަފޫޓުގެ ބިން 25 އަހަރުދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށް ހުޅުވާލައިފީމެވެ.

    މިބިން ކުއްޔަށްދިނުމަށް ހުޅުވާލެވިފައިވަނީ CSR  ގެ ގޮތުގައި މިކައުންސިލްގެ ބޭނުމަށް ކަނޑު އުޅަނދެއް ހޯދުމަށް މާލީ ގޮތުން އެހީތެރިވެދެވޭނެ ގޮތެއް ހޯދުމަށާއި، ކައުންސިލްގެ ބެލުމުގެ ދަށުގައިވާ ކަނޑުއުޅަނދުތައް މަރާމާތުކޮށް ބެލެހެއްޓުމުގައި ކައުންސިލަށް އެހީތެރިވުން އަދި ކައުންސިލުން ރަވާ ހިންގާ އިޖްތިމާއީ އަދި ތަރައްޤީގެ ޕްރެޖެކްޓްތަކަށް އެހީތެރިވެދެވޭނެ ގޮތްތަކެއް ހުށަހަޅާ ފަރާތްތަކަށް އިސްކަންދޭގޮތަށެވެ.  

v  މިބިން ހިފުމަށް ބިޑް ފޯމް ބައްލަވައިގަތުމަށް ބޭނުންފުޅުވާ ފަރާތްތަކަށް،  ތިރީގައިވާގޮތުގެމަތިން ބިޑު ގަނެ ހުށަހެޅުއްވުން އެދެމެވެ.  

ތަފްޞީލް

މުއްދަތު

ގަޑި

ތަން

ބިޑު ފޯމް ވިއްކުން

(ބިޑްފޯމް ވިއްކުމަށް ހަމަޖެހިފައިވަނީ 2000.00 ރުފިޔާއަށް )

 16ފެބްރުއަރީ 2025 ވާ އާދިއްތަ ދުވަހުން ފެށިގެން 24 ފެބްރުއަރީ 2025  ވާ ހޯމަ  ދުވަހަށް

ރަސްމީ ކޮންމެ ދުވަހެއްގެ 10:00 ފެށިގެން 12:30

ހިންމަފުށީ ކައުންސިލްގެ އިދާރާއިން

ޕްރީބިޑް މީޓިން   

 25 ފެބްރުއަރީ  2025  ވާ  ހޯމަ ދުވަސް

މެންދުރު 12:00 

ހިންމަފުށީ ކައުންސިލްގެ އިދާރާ

ބިޑު ހުށަހެޅުން

( ޕްރޮޕޯސަލް ހުށަހެޅުން )

10 މާރޗް 2025 ވާ ހޯމަ

މެންދުރު 12:30

ހިންމަފުށީ ކައުންސިލްގެ އިދާރާ

 

      މި ބިޑް ބައްލަވައިގަތުމަށް ބޭނުންފުޅުވާ ފަރާތްތަކުން، އެކަމަށް އެދި ހުށަހަޅުއްވާނީ، ބިޑްފޯމް ބައްލަވައިގަތުމަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު  ކ. ހިންމަފުށީ ކައުންސިލްގެ އިދާރާއަށެވެ. ބިޑް ގަތުމަށް ގަތުމަށް އެދޭ ފޯމު ކ. ހިންމަފުށީ ކައުންސިލްގެ އިދާރާއިން ލިބިވަޑައިގަންނަވާނެއެވެ.އަދި މިއިޢުލާނާ އެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.

v  މި ބިމުގައި އަމިއްލަ ޚަރަދުގައި ވިޔަފާރިކޮށް ހިންގައި ބަލަހައްޓައި އޮޕަރޭޓްކުރުމަށް ބިޑް ހުށަހެޅުމުގެ ފުރުޞަތު ލިބިގެންވަނީ، ދިވެހި ރައްޔިތުންނަށް ނުވަތަ ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ޕާޓްނަރޝިޕަކަށް ނުވަތަ ކުންފުންޏަކަށެވެ.

v  ބިޑް ޑޮކިއުމަންޓް ގަންނަން ލިބޭނީ -/2000ރ (ދެހާސްރުފިޔާ)  އަށެވެ. ބިޑް ގަތުމަށް ޚަރަދުކުރާ ފައިސާއަކީ އަބުރާދެވޭ ފައިސާއެއް ނޫނެވެ.

v ބިޑް ފޯމް ގަތުމަށް އެދޭ ފޯމާއެކުގައި އަންނަނިވި ތަކެތި ހުށަހަޅަންވާނެއެވެ. ބިޑް ގަތުމަށް އެދޭ ފޯމު ސޮއިކުރުމަށްފަހު ހުށަހަޅަނީ، އެ ފޯމު މެދުވެރިކޮށް ގަންނަ ބިޑް ގައިވާ ގޮތުގެމަތިން ބިޑް ހުށަހަޅަން ބޭނުންވާ ފަރާތްނޫން އެހެންފަރާތަކުން ކަމުގައިވާނަމަ، އޭނާ އެ ބިޑް ގަތުމަށާއި ބިޑް ގަތުމަށް އެދޭ ފޯމުގައި ސޮއިކުރުމަށް ބިޑް ހުށަހަޅަން ބޭނުންވާ ފަރާތުން ހުއްދަކުރާކަމުގެ ޕަވަރ އޮފް އެޓަރނީއެއް އެ ފޯމާއެކު ހުށަހަޅަންވާނެއެވެ. ބިޑް ފޯމް ގަތުމަށް އެދޭ ފޯމު ހުށަހަޅަނީ، ކުންފުންޏަކުން ކަމުގައިވާނަމަ، އެކުންފުނީގެ ރެޖިސްޓްރޭޝަން ސެޓްފިކެޓްގެ ކޮޕީއެއް ހުށަހަޅަންވާނެއެވެ. ބިޑް ފޯމް ގަތުމަށް އެދޭ ފޯމު ހުށަހަޅަނީ، ޕާރޓްނަރޝިޕްއަކުން ކަމުގައިވާނަމަ، އެ ޕާރޓްނަރޝިޕްގެ ރެޖިސްޓްރޭޝަން ސެޓްފިކެޓް ގެ ކޮޕީއެއް ހުށަހަޅަންވާނެއެވެ. އަދި ބިޑް ގަތުމަށް އެދޭ ފޯމު ހުށަހަޅަނީ، ވަކި ފަރުދަކު ކަމުގައިވާނަމަ، އޭނާގެ އައިޑެންޓިޓީ ކާޑުގެ ކޮޕީއެއް ހުށަހަޅަންވާނެއެވެ.

v  ބިޑް ހުށަހަޅަންޖެހޭނީ،  ބިޑު ފޯމްގައިވާ ގޮތުގެމަތިން ހުރިހާ މައުލޫމާތު ތަކެއް ފުރިހަމަކޮށް  ބަންދުކޮށްފައިވާ ސިޓީ އުރައެއްގައި، 10 މާރޗް 2025  ދުވަހުގެ މެންދުރު 12:30 އަށް ކ. ހިންމަފުށީ ކައުންސިލްގެ އިދާރާއަށެވެ. ޕްރީ ބިޑް މީޓިންގ އަށް ޙާޟިރުނުވި ނަމަވެސް ބިޑް ގަނެފައިވާނަމަ ބިޑް ހުށަހެޅޭނެއެވެ.

މިހެންވެ މިކަންޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

13 ފެބުރުވަރީ 2025
ހޯދާ