ހުވަދުއަތޮޅު ދެކުނުބުރީ ފިޔޯރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
"ގދ.ފިޔޯރީ މަސްރޭސް 2025" ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލުމާއި ގުޅޭ:

މިއަހަރުގެ ފިތުރު އީދު ކުލަގަދަކޮށް ފާހަގަކުރުމަށްޓަކައި، ރަށުގެ ރައްޔިތުންނަށް ހުޅުވާލައިގެން މަސްބޭނުމުގެ މުބާރާތެއް (މަސްރޭހެއް) ބޭއްވުމަށްވަނީ ހަމަޖެހިފައެވެ.

         މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ 01 އޭޕްރިލް 2025 ވާ އަންގާރަ ދުވަހުއެވެ. މުބާރާތުގައި ހޮވުމަށް ހަމަޖެހިފައިވާ ވަނަތައް މި އިޢުލާނާއި އެކުގައިވާ ޤަވާއިދުގައި ވާނެއެވެ.

          ވީމާ މި މުބާރާތުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން " ގދ.ފިޔޯރީ މަސްރޭސް 2025" ގެ ބައިވެރިވުމަށް އެދޭ ފޯމު ފުރުއްވުމަށްފަހު 13 މާރޗް 2025 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން މިއިދާރާއަށް ފޯމް ހުށަހެޅުއްވުމަށް އެދެމެވެ. މި ފޯމް މެއިލްކުރައްވާނަމަ ކުރައްވާނީ [email protected]  އަށެވެ.

 

 މި މުބާރާތުގެ ޤަވާއިދު އަދި ފޯމް މި އިޢުލާނާއިއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.

އިތުރު މަޢުލޫމާތު

ގދ. ފިޔޯރީ ކައުންސިލުގެ އިދާރާ

ފޯން:  4002625

އީމެއިލް: [email protected]

13 ފެބުރުވަރީ 2025
ހޯދާ