މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް
ދިވެހިރާއްޖެ
ލާމު އަތޮޅުގައި ބާއްވާ ބޭސިކް ރޭންޖަރސް ކޯސް ތަމްރީން ޕްރޮގްރާމްގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލުން

އެންހާންސިންގ ނޭޝަނަލް ޑިވެލޮޕްމަންޓް ތްރޫ އެންވަޔަރަންމަންޓަލީ ރެޒިލިއަންޓް އައިލެންޑްސް (އެންދެރި)

 ލާމު އަތޮޅުގައި ބާއްވާ ބޭސިކް ރޭންޖަރސް ކޯސް ތަމްރީން ޕްރޮގްރާމްގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލުން

  

  1. 1.     ތަފްސީލް

އެންދެރި މަޝްރޫއަކީ ގްލޯބަލް އެންވަޔަރަންމެންޓް ފެސިލިޓީ (ޖެފް)ގެ މާލީ އެހީއާއި ޔުނައިޓެޑް ނޭޝަންސް އެންވަޔަރަންމަންޓް ޕްރޮގްރާމް (ޔުނެޕް)ގެ އެހީތެރިކަމާއެކު ދިވެހި ސަރުކާރުގެ ފަރާތުން މި މިނިސްޓްރީ އިން ކުރިއަށްގެންދާ މަޝްރޫޢެކެވެ.

މި މަޝްރޫޢުގެ އަމާޒަކީ ދިވެހި ސަރުކާރުން އަލަށް ކަނޑައަޅާ ތިމާވެށީގެ ސިޔާސަތުތައް ތަންފީޒުކުރުމުގައާއި، އަތޮޅުތައް ތަރައްޤީކުރުމުގައި "ގްރީން ގްރޯތް" ނުވަތަ ކަނޑުގެ ޤުދުރަތީ ރައުސްމާލް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކޮށް އަދި މުރަކަފަރުތަކުގެ ވިލުން އަދި އިޔާދަވުން އިތުރުވާނޭފަދަ ތަރައްގީގެ ވިސްނުންތަކެއް ބަލައިގަތުމުގައި އެހީތެރިވުމެވެ.  މިމަޝްރޫޢު އަކީ ދިވެހިރާއްޖޭގެ ދިރޭތަކެތީގެ ނަސްލުތަކާއި ޤުދުރަތީ ރައުސްމާލުގެ ހިސާބު ކިތާބު (ނެޗުރަލް ކެޕިޓަލް އެކައުންޓްސް) ގައުމީ ރައުސުލްމާލުގެ ތެރޭގައި ހިމެނޭނެ ގޮތްތައް ހޯދާ އެ އެކައުންޓުތައް ބޭނުންކޮށްގެން ދިވެހިރާއްޖޭގެ ފަރުތަކުގެ މާހައުލާއި ގުޅިފައިވާ ގުދުރަތީ ނިޒާމުތައް ރައްކާތެރިކޮށް ދެމެހެއްޓުމާއި، މި މާހައުލީ ނިޒާމުތަކުގެ ދުޅަހެޔޮކަން އިތުރުކޮށް ވިލުންތެރިކަން އިތުރުކޮށް، ތަރައްޤީގެ މަޝަރޫޢުތަކުން ލިބޭ އަދި ލިބިދާނޭ ނޭދެވޭ ގެއްލުންތައް ކުޑަކުރެވޭނޭ ގޮތްތަކެއް ހޯދައި އެފަދަ ގޮތްތައް ނަކަލު ކުރެވޭނޭ ނިޒާމެއް ހޯދުމަށް މަގުފަހި ކުރުމުގެ މަޤުޞަދުގައި ރޭވިގެން ކުރިއަށްގެންދާ މަޝްރޫޢު އެކެވެ.  

 

 

  1. 2.      މައިގަނޑު މަޤްޞަދު

އެންދެރި ޕްރޮޖެކްޓްގެ ފަރާތުން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީ އާއި ގުޅިގެން ހިންގާ މިތަމްރީނުގެ މައިގަނޑު މަޤުޞަދަކީ ލާމު އަތޮޅުގެ ތިމާވެއްޓާއި، އިޖްތިމާއީ އަދި އިދާރީ ހިންގުމުގެ ހާއްސަ ސިފަތަކަށް ބައްޓަންކޮށްގެން ކޯހެއް ތައްޔާރުކޮށް، ލާމު އަތޮޅުގެ ހިމާޔަތްކޮށްފައިވާ ސަރަހައްދުތައް އެންމެ އެކަށޭނެ ގޮތެއްގައި ބެލެހެއްޓުމަށް ބޭނުންވާ މަޢުލޫމާތާއި ހުނަރު ހުރި ރޭންޖަރުންތަކެއް އުފެއްދުމެވެ. 

 

ފުރަތަމަ ބުރު ލާމު އަތޮޅަށް ހާއްޞަކޮށްގެން ހިންގާ މި ކޯހުގައި ތިމާވެށީގެ ސައިންސް، ތިމާވެށީގެ ޤާނޫނާއި ތަންފީޒީ މަސައްކަތް، އިޖްތިމާޢި ބައިވެރިވުން އިތުރުކުރުމާއި ހޭލުންތެރިކަން އިތުރުކުރުން، އަސާސީ ކޮމްޕިއުޓަރުގެ މަސައްކަތް އަދި ނިޔަމި ކަމުގެ މާއްދާތައް ހިމެނޭނެއެވެ. މި ކޯސް ފުރިހަމަ ކުރާ ފަރާތްތަކަށް ނިޔަމި 2 ކޯހުގެ ސެޓްފިކެޓް ލިބޭނެއެވެ.  

 

ތަމްރީނު ޕްރޮގްރާމަށް މީހުން ހޮވުމުގައި އަންހެނުންނަށް އިސްކަން ދެވޭނެއެވެ.

 

  1. 1.     ކުރިޔަށް ގެންދަން ހަމަޖެހިފައިވާ ގޮތް

ބާރަ (12) ހަފްތާގެ މުއްދަތުގެ ތެރޭގައި، އެކި ދުވަސްތަކަށް ބަހާލައިގެން ހިންގާ މި ތަމްރީން ކޯސް ހިންގުމަށް ހަމަޖެހިފައިވަނީ 2 ބަޔަކަށް ބަހާލައިގެން، އެމް.އެއް.ޔޫ ލ.ގަމު ކޭމްޕަސްގައެވެ. އެއީ ތިއަރީ އަދި ޕްރެކްޓިކަލް (އަމަލީ) ސެޝަންތަކެއްގެ ގޮތުގައެވެ. 5 މޮޑިއުލަކަށް ކުރިޔަށްގެންދާ މި ކޯހުގެ ހުރިހާ މޮޑިއުލެއްގައި ތިއަރީ ސެޝަންތައް ހިމެނޭއިރު، ފީލްޑް އެކްސަސައިޒްތަކާއި ޕްރެކްޓިކަލް އެސެސްމަންޓްތަކުގެ ސަބަބުން އަމަލީ ގޮތުން އުނގެނުމުގެ ފުރުސަތުތައް ލިބިގެންދާނެ އެވެ.

 

މި ކޯހުގައި ބައިވެރިވާ ފަރާތްތަކަށް އެލަވަންސެއްގެ ގޮތުގައި 4500.00 ދިވެހި ރުފިޔާ ލިބޭނެއެވެ.

 

 

  1. 2.     ބައިވެރިވުމުގެ ފުރުޞަތު

ވިހި (20) ބައިވެރިންނަށް ފުރުސަތު ހުޅުވާލައިގެން ކުރިޔަށްގެންދާ މިތަމްރީން ކޯހުގެ ބައިވެރިން ހޮވުމުގައި، ލ. އަތޮޅުގެ މީހުން ދިރި އުޅޭ ކޮންމެ ރަށަކުން 1 ފަރާތެއް ހޮވުމަށް އިސްކަންދެވޭނެއެވެ.

-       ތިމާވެއްޓާއި، އެދާއިރާއާއި ގުޅުންހުރި ދާއިރާތަކަށް ޝައުގުވެރިވާ ފަރާތެއް ކަމުގައިވުން.

-       އުމުރުން 16 އަހަރުވެފައިވުން. (16 - 18 އަހަރުގެ ކުދިން ބެލެނިވެރިންގެ ހުއްދައާއިއެކު).

 

  1. 3.     ބައިވެރިން ހޮވުމުގެ މިންގަނޑު

މީހުން ދިރިއުޅޭ ކޮންމެ ރަށަކުން އެކަކަށްވުރެ ގިނަ ފަރާތުން ފޯމު ހުށައަޅާފައިވާނަމަ، ބައިވެރިން ހޮވޭނީ ތިރީގައިވާ މިންގަނޑުތަކަށް ބަލައިގެންނެވެ. އަދި ޕޮއިންޓްގެ ގޮތުން އެއްރަށަކުން ގިނަ ބައިވެރިން އެއްވަރު ވެފައިވާ ނަމަ، ފޯމު ލީ ތަރުތީބުން ބައިވެރިއަކު ހޮވޭނެއެވެ.

ތަޕްސީލު

ބަލާނެ ލިޔެކިޔުން

ޕޮއިންޓް

ތަޢުލީމީ ފެންވަރު: ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓް (ޕޮއިންޓް ލިބޭނީ ހުށަހަޅާފައިވާ އެންމެ މަތީ ސަނަދަށް.)

 

ހުށައަޅާފައިވާ ތަޢުލީމީ ސެޓްފިކެޓް

50

ޖީ.ސީ.އީ އޯޑިނަރީ ލެވެލް  (10 ޕޮއިންޓް)

ޖީ.ސީ.އީ އެޑްވާންސް ލެވެލް (20 ޕޮއިންޓް)

ސެޓްފިކެޓް 4 ނުވަތަ އެޑްވާންސް ސެޓްފިކެޓް (30 ޕޮއިންޓް)

ޑިޕްލޮމާ ނުވަތަ އެޑްވާންސް ޑިޕްލޮމާ (40 ޕޮއިންޓް)

ބެޗްލަރސް ޑިގްރީ އަދި އެއަށްވުރެ މަތި (50 ޕޮއިންޓް)

ލިބިފައިވާ ތަޖުރިބާ: މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ – ކޮންމެ އަހަރަކަށް 5 ޕޮއިންޓް (އެންމެ ގިނަވެގެން 20 ޕޮއިންޓް)

މަސައްކަތުގެ ތަޖުރިބާ ބަޔާން ކޮށްދޭ ލިޔުމެއް

30

ތިމާވެށީގެ ނުވަތަ އެކަމާއި ގުޅުންހުރި ދާއިރާއަކުން މަސައްކަތެއް ކޮށްފައިވާނަމަ 10 ޕޮއިންޓް

މަސައްކަތުގެ ތަޖުރިބާ ބަޔާން ކޮށްދޭ ލިޔުމެއް

10

ޖިންސު: ތަމްރީނު ޕްރޮގްރާމަށް މީހުން ހޮވުމުގައި އަންހެން ބައިވެރިން އިތުރު ކުރުމުގެ މަޤްސަދުގައި، އަންހެން ބައިވެރިއެއް ނަމަ 10 ޕޮއިންޓް

އައި.ޑީ ކާޑް

10

މުޅި ޖުމްލަ =

 

100

 

  1. 4.     ހުށަހަޅަންޖެހޭ ތަކެތި

 

- ޕްރޮގްރާމްގައި ބައިވެރިވުމަށް އެދި ހުށައަޅާ ފޯމް

- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

- 18 އަހަރުންދަށުގެ ކުދިން މިކަމުގައި ބައިވެރިވުމަށް ބެލެނިވެރިން އިއުތިރާޒް ނުކުރާ ކަމުގެ ލިޔުން

- ތަޢުލީމާއި މަސައްކަތް އަންގައިދޭ ލިޔެކިޔުން (ޕޮއިންޓް ދެވޭނީ ހުށައަޅާފައިވާ ލިޔުމަށް އެކަނި)

 

 

  1. 5.     ސުންގަޑި

ޓްރޭނިންއަށް އެދި ހުށަހަޅާ ފޯމާއި އެހެނިހެން ލިޔުންތައް ހުށަހަޅަންޖެހޭ އެންމެ ފަހު ތާރީޚަކީ 27 ފެބްރުއަރީ 2025 ވާ ބުރާސްފަތި ދުވަހުގެ 14:00ގެ ކުރިންނެވެ. ހުށަހެޅުންތައް ހުށައަޅާނީ އޮންލައިންކޮށް އީމެއިލްގެ ޒަރީއާއިންނެވެ.

 

  1. 6.     އިތުރު މަޢުލޫމާތު

ތަމްރީނާ ގުޅޭ އިތުރު މަޢުލޫމާތު އެންދެރި ޕްރޮޖެކްޓްގެ ލާމު އަތޮޅުގައި ހުންނަ ޕްރޮކެޖްޓް އިމްޕްލިމެންޓޭޝަން ޔުނިޓްގެ ނަންބަރު 7257321 އާއި ގުޅުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.

 

އެންހާންސިންގ ނޭޝަނަލް ޑިވެލޮޕްމަންޓް ތްރޫ އެންވަޔަރަންމަންޓަލީ ރެޒިލިއަންޓް އައިލެންޑްސް (އެންދެރި)

ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވުޒާރާ

މާލެ / ދިވެހިރާއްޖެ

އީމެއިލް: [email protected]

13 ފެބުރުވަރީ 2025
ހޯދާ