މާޅޮސްމަޑުލު އުތުރުބުރީ އިންނަމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިރަށުގެ އިރު ދެކުނު ކަންމަތިން ލޮނުމަސް އެޅުމަށް ކަނޑައެޅިފައިވާ ސަރަހައްދުން، ލޮނުމަސް އެޅުމުގެ މަސައްކަތް ކުރުމަށް ކުލީ ބިން ދޫކުރުމާއިގުޅޭ

އިޢުލާން

 

މިރަށުގެ އިރު ދެކުނު ކަންމަތިން ލޮނުމަސް އެޅުމަށް ކަނޑައެޅިފައިވާ ސަރަހައްދުން، ލޮނުމަސް އެޅުމުގެ މަސައްކަތް ކުރުމަށް ކުލީ ބިން ދޫކުރުމާއިގުޅޭ

       މިރަށުގެ އިރު ދެކުޅު ކަނމަތިން ލޮނުމަސް އެޅުމަށް ކަނޑައެޅިފައިވާ ސަރަހައްދުން، ލޮނުމަސް އެޅުމުގެ މަސައްކަތް ކުރުމަށް 30 ފޫޓް ދިގު 20 ފޫޓް ފުޅާ (600 އަކަފޫޓް)ގެ 04 ކުލީ ބިން ދޫކުރުމަށް މިކައުންސިލްގެ 08 ވަނަ ޖަލްސާއިން ނިންމައި ކުރި މިކައުންސިލްގެ ނަންބަރު:(IUL)307/INDIV/2024/101  ގެ އިއުލާނާ ގުޅިގެން ދޫކުރެވުނު ބިން:01 ފިޔަވައި ބާކީ 03 ބިމަށް ޝައުގުވެރިވެލައްވާ އެންމެހާ ފަރާތްތަކަށް އެއްފުރުޞަތު ހުޅުވާލަމެވެ.

  1. ބިޑް އުސޫލުން ކުލީބިން ހޯދަން އެދޭ ފަރާތްތަކުން މިއިޢުލާނާއި އެޓޭޗްކުރެވިފައިވާ ބިޑް ރެޖިސްޓްރޭޝަން ފޯރމް ފުރިހަމަ ކުރެއްވުމަށްފަހު އީ-މެއިލް: [email protected] އަށް މެއިލް ކުރުމުން ނުވަތަ ކައުންސިލްގެ ނަންބަރ: 7380052 އަށް ވައިބަރ ކުރުމުން ބީލަމުގައި ރަޖިސްޓްރީ ކުރެވޭނެއެވެ. ބީލަމުގައި ރަޖިސްޓްރީ ކުރެވުނުކަން ކަށަވަރު ކުރުމަކީ ރަޖިސްޓްރީ ކުރުމަށް ހުށަހަޅުއްވާ ފަރާތުގެ ޒިންމާއެކެވެ.
  2. ބިޑްގައި ރަޖިސްޓްރީވެވޭނެ އެންމެ ފަހު ތާރީހަކީ 20 ފެބްރުއަރީ 2025 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 އެވެ. ބީލަން ރަޖިސްޓްރީކުރުމަށް ދެވިފައިވާ ގަޑީގެ ފަހުން ލިބޭ އެއްވެސް ފޯމެއް ބަލައިނުގަނެވޭނެ ވާހަކަ ބީލަންވެރިންގެ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. ބިޑް ރަޖިސްޓްރޭޝަން ފޯމު މިއިއުލާނާއެކު ހިމެނިފައިވާނެއެވެ.
  3. ބިޑާއި ގުޅިގެން ފްރީ ބިޑް ބައްދަލުވުމެއް 20 ފެބްރުއަރީ 2025 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 13:00 ގައި މާޅޮސްމަޑުލުއުތުރުބުރީ އިންނަމާދޫ ކައުންސިލް އިދާރާގައި އޮންނާނެއެވެ.
  4. ބިޑުގައި ރަޖިސްޓްރީވެފައިވާ ހުރިހާ ފަރާތްތަކަކަށްވެސް ކުލީ ބިމުގެ މައުލޫމާތު ކަރުދާސް ހިއްސާކުރެވޭނެއެވެ.
  5. ބިޑްގައި ރަޖިސްޓްރީ ވެވޭނެ ފަރާތްތަކަކީ:
  • ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ނަމްބަރ 2014/18)ގެ ދަށުން ރަޖިސްޓްރީކޮސްފައިވާ ވިޔަފާރިތަކަށް.
  •  އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ނަމްބަރ 2014/19)ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ އަމިއްލަ ފަރުދުންނަށް.
  • ރަޖިސްޓްރީކުރެވި ހިންގަމުންދާ ކުލަބު ޖަމިއްޔާތައް،
  • އަމިއްލަ ފަރުދުން

 

  • ބީލަން ހުޅުވުން އޮންނާނީ  23 ފެބްރުއަރީ 2025 ވާ އާދިއްތަ ދުވަހުގެ 13:00 ގައި މިކައުންސިލް އިދާރާގައެވެ.  ބިޑުތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި ބިޑަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ބިޑަށް ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ. ގަޑި ޖެހުމަށްފަހު ހުށަހަޅާ ބިޑްތައް ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.
  • ބަދަލުގައި އަންނަ ފަރާތްތަކުން ބަދަލުގައި އަންނަކަން އަންގައިދޭ ސިޓީއާއި ބަދަލުގައި އަންނަ ފަރާތުގެ އައިޑީ ކާޑުގެ ނަކަލެއް ގެންނަންވާނެއެވެ.
  • ބިޑަށް ހުޅުވުމަށް އޮންނަ ބައްދަލުވުމުގައި ބައިވެރިވެވޭނީ ކަނޑައެޅިފައިވާ މުއްދަތުގައި ބިޑަށް ރަޖިސްޓްރީ ވުމަށް އެދި ފޯމު ހުށަހަޅައި  ބިޑަށްލުމުގައި ރަޖިސްޓްރީ ކުރެވިފައިވާ ކަމުގެ ސްލިޕް ފޯރުކޮށްދެވިފައިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.
  • އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ:
  • ކައުންސިލްގެ ނަންބަރު: 6580052 (ނުވަތަ)
  • ކައުންސިލްގެ ނައިބު ރައީސް – އަޙްމަދު ރުޒާނު
  • ފޯން: 7965507، 9122102
  • އީމެއިލް: [email protected]

މިހެންވެ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

13 ފެބުރުވަރީ 2025
ހޯދާ