ހައްދުންމަތީ ގަމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
02 އަހަރު ދުވަހުގެ މުއްދަތައް ގަމު އިޖުތިމާޢީ މަރުކަޒުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

02 އަހަރު ދުވަހުގެ މުއްދަތަށް ގަމު އިޖުތިމާޢީ މަރުކަޒުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ކުރި ނަމްބަރ  (IUL)399-CA/399/2025/12 އިޢުލާނާއި ގުޅިގެން ބީލަމުގައި އެކަށީގެން ވާ އަދަދަށް ރަޖިސްޓްރީވެފައި ނުވާތީ އިޢުލާން ބާތިލް ކުރުމަށްފަހު އަލުން އެ ފުރުސަތު ހުޅުވާލަމެވެ. ވީމާ، މި ކަމަށް ޝައުޤުވެރިވެލައްވާ، ފަރާތްތަކުން 19 ފެބްރުއަރީ 2025 ގެ 14:00 ކުރިން އިދާރާއަށް ހާޒިރުވެ ނުވަތަ procurement@gan.gov.mv މެއިލް އަށް މެއިލް ކުރައްވައިގެން  ބީލަމުގައި ރަޖިސްޓްރީވުން އެދެމެވެ.

#

 

ތަން

ތާރީޙް

ގަޑި

1

ބީލަމުގައި ރަޖިސްޓުރީވުމަށް

ބީލަމުގައި ރަޖިސްޓުރީވުމަށް އެދޭފޯމް އިދާރާއަށް ހާޒިރުވެ ހުށަހެޅުން ނުވަތަ Procurement@gan.gov.mv  އަށް މެއިލް ކުރައްވައިގެން

19 ފެބްރުއަރީ 2025 (ބުދަ) އާއި ހަމައަށް

14:00 ގެ ކުރިން

2

ބީލަން ހުށަހެޅުން

ލ.ގަމު ކައުންސިލް އިދާރާގެ ސެމިނަރ ރޫމް (ވަޑައިގަންނަވާ ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ 1 (އެކެއް) އަންދާސީހިސާބެވެ.)

24 ފެބްރުއަރީ 2025 (ހޯމަ)

13:00

      އަންދާސީ ހިސާބު ހުށައެޅުމަށް ގަޑިޖެހިގެން ވަޑައިގަންނަވާ ބޭފުޅުންނަށް ބައިވެރިއެއް ނުވެވޭނެއެވެ. އަދި ބީލަމުގައި ރަޖިސްޓުރީނުވާ ފަރާތް ތަކުން ބީލަން ހުށަހެޅުމުގައި ބައިވެރިނުވެވޭނެއެވެ. ބީލަމުގައި ރަޖިސްޓްރީ ކުރުމަށް އެދޭ ފޯމް މި އިއުލާނާއި އެއްކަރުދާސް ކުރެވިފައި ވާނެއެވެ. އަދި ބީލަމާއި ގުޅިގެން މައުލޫމާތު ސާފުކުރައްވަން ބޭނުންވާނަމަ 2025 ފެބްރުއަރީ 24 ވާ ހޯމަ ދުވަހުގެ 12:00 އާއި ހަމައަށް ގަމު ކައުންސިލްއަށް ހާޟިރުވެ ނުވަތަ 6801024 / 7611515 އަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެވޭނެއެވެ. ވީމާ، މިކަން އާންމުކޮށް އަންގާ އިއުލާން ކުރީމެވެ.

13 ފެބުރުވަރީ 2025
ހޯދާ