ދިވެހިރާއްޖެ
އިލާހީ ނޫރު ގއ. ވިލިނގިލީ ކައުންސިލް ޤުރްއާން މުބާރާތް 1446
އިލާހީ ނޫރު ގއ. ވިލިނގިލީ ކައުންސިލް ޤުރްއާން މުބާރާތް 1446، 21 މާރޗް 2025 ވަނަ ދުވަހު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ގއ.އަތޮޅު ތަޢުލީމީ މަރުކަޒުގެ ނޫރުކުލަބާއި ގުޅިގެން ޤުރުޢާން ޕޫލެއްނަގާ ކައުންސިލް މުބާރާތުގައި ބައިވެރިވާ ދަރިވަރުންނަށް ރަނގަޅު ޕްރެކްޓިސްއެއް ކުރިއަށް ގެންދިއުމަށް ވެސް ވަނީ ހަމަޖެހިފައިއެވެ.
މިޤުރްއާން މުބާރާތުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން ޤުރްއާން މުބާރާތުގައި ބައިވެރިވުމަށްއެދޭ ފޯމް ނުވަތަ ގޫގަލް ފޯމް ފުރިހަމަކުރެއްވުމަށްފަހު، 27 ފެބްރުއަރީ 2025 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މިކައުންސިލްގެ އިދާރާއަށް ހުށައެޅުއްވުން އެދެމެވެ. ޤުރްއާން މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ރަސްމީ ގަޑީގައި (08:00–14:00އަށް) މިއިދާރާއިން ލިބެން ހުންނާނެއެވެ. ޤުރްއާން މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމާއި މުބާރާތުގެ ޤަވާޢިދު މި އިޢުލާނާއިއެކު ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.