ދިވެހިރާއްޖެ
ތަޢާރަފް
މި އުޞޫލަކީ ހައްދުންމަތީ އިސްދޫ ކައުންސިލުން ތަރައްޤީކުރާ "އިސްފަންނު" ބީޗް ބޭނުންކުރާނޭ ގޮތުގެ އުޞޫލެވެ. މި އުޞޫލު ފާސްކުރުމާއި ހިސާބުން، ތަންފީޒްކުރުމަކީ މި ބީޗް ބޭނުންކުރާ ކޮންމެ މީހެއްގެ މައްޗަށް ލާޒިމް ކަމެކެވެ.
މަޤުސަދު
ހައްދުންމަތީ އިސްދޫ ކައުންސިލުން މި ބީޗް ތަރައްޤީ ކުރުމުގެ މައިގަނޑު މަޤުސަދަކީ އިސްދޫގެ ލޮބުވެތި އާއިލާތައް އެކުގައި އުފާވެރި ވަގުތުތަކެއް ހޭދަކުރެވޭނޭ ހިތްޤައިމު މާހައުލެއް ޤާއިމްކޮށްދިނުމެވެ. މިގޮތުން މި ބީޗްގައި އަންނަނިވި އިންތިޒާމްތައް ހަމަޖެހިފައި ހުންނާނެއެވެ.
ü މޫދަށް އެރުން
ü ފެންވެރުން
ü ކެއްކުން/މަސްފިހުން
ü ނަމާދުކުރުން
ü ކުޑަކުދިން ނިންދުން
ü ފާހާނާކުރުން
ü އެކިއެކި ކުޅިވަރުތައް ކުޅުން
ü އިށިންނާނެ ގޮޑި/ބެންޗް، ޖޯލި، އުނދޯލި
އިސްފަންނު ބީޗް ބޭނުންކުރާނޭ ގޮތް
މި ބީޗަކީ ހައްދުންމަތީ އިސްދޫ ކައުންސިލުން ދިގު ރާސްތާގެ ޕްލޭނަކާއިއެކު ބޮޑު ޚަރަދެއް ކޮށްގެން ތަރައްޤީކުރާ ބީޗެއް ކަމުން މި ބީޗް ބޭނުން ކުރެވޭނީ މި އުޞޫލާ އެއްގޮތަށް އިސްދޫ ކައުންސިލުން ހުއްދަދޭ ފަރާތްތަކަށް އެކަންޏެވެ. ބީޗުގެ ގަޑިތައް ބެހިފައިވަނީ ތިން ދަންފަޅިއަކަށެވެ. އެއީ ހެނދުނު (06:00 ން މެންދުރު 12:00)، މެންދުރު ފަސް (13:00 ން އިރުއޮއްސި 19:00) އަދި ރޭގަނޑު (19:00-01:00) ށެވެ. މީގެ އިތުރުން ބީޗުން ލިބެންހުރި އެހެނިހެން ޙިދުމަތްތަކަށް އެ ފޯމުގައި (ޕެކޭޖް ފޯމް) ކަނޑައަޅަފައިވާ އަގެއް ދައްކަންޖެހޭނެއެވެ. މަސް ފިހުން ފިޔަވައި އެއްވެސް ބޭނުމަކު އަލިފާން ބޭނުން ކުރުމަކީ މަނާކަމެކެވެ. ހުރިހާ ކެއްކުމެއް ކައްކާނީ ގޭހުން އަދި ކަރަންޓުންނެވެ. މަސްފިހުމަށް ބާބަކިއު ގްރިލްގައި އަންދަންވާނީ ޗާކޯލާއި ނާއްޓެވެ. ބީޗުގައި ކުއްޔަށް ދޫކުރުމަށް ތިން އަތިރި ތައްޔާރުކޮށްފައި އޮންނާނެއެވެ. އެއީ "ވެލާލު އަތިރި"، "ފަސްވައްތި އަތިރި"، ފުނަވައްތި އަތިރި" އެވެ. އަދި އަތިރިތައް ކުއްޔަށްނަގާ ފަރާތްތަކަށް ބޭނުންކުރުމަށް "ޝާހުބަންދަރު" އޭ ކިޔުނު އަތިރި އާއި އިމާރާތް (ފާހާނާ، ކޮޓަރި އަދި މިސްކިތް) ހުންނާނެއެވެ. މި ބީޗް ބޭނުން ކުރުމުގައި އަންނަނިވި ހަމަތައް ހިފަހައްޓަންވާނެއެވެ. މި ބީޗް ބޭނުންކުރުމުގައި، ޖެހިޖެހިގެން ދަންފަޅިތަކަށް ނަގާނަމަ، އެފަރާތަކަށް އެންޓްރެންސްފީގެ ތެރެއިން ފުރަތަމަ ދަންފަޅި ފިޔަވައި، އިތުރަށް ނަގާ ކޮންމެ ދަންފަޅިއަކުން -/50ރ(ފަންސާސް ރުފިޔާ) އުނިކޮށްދެވޭނެއެވެ. މިގޮތަށް ބީޗް ކުއްޔަށް ނެގިނަމަވެސް، ކުއްޔަށްނެގި ފަރާތުން އެހެންފަރާތަކަށް އެތަންދޫކޮށްގޮސްގެން ނުވާނެއެވެ.
އަގުތައް
- 1. ދަންފަޅިއަކަށް 150/- ރުފިޔާ
- ޖެހިޖެހިގެން ދެދަންފަޅިއަށް ނަގާނަމަ -/250ރުފިޔާ
- ޖެހިޖެހިގެން ތިންދަންފަޅިއަށް ނަގާނަމަ -/350ރުފިޔާ
ޕެކޭޖް ފޯމް
# |
ޙިދުމަތް |
އަގު |
ނަގަން ބޭނުން |
1 |
ބޮޑު ގޭސް އުނދުން، ގޭހާއިއެކު |
70/- |
|
2 |
ކުޑަ ގޭސް އުނދުން، ގޭހާއިއެކު |
50/- |
|
3 |
ކުކަރ |
10/- |
|
4 |
ފެންކައްކާ ޖަގު |
10/- |
|
5 |
ތެލި، ތަށި،އޫ،ސަމުސާ، ދޭފަތް،ކަޓިންގބޯޑް،ހުޅުނބުޖަހާއެތި، ވަޅި |
-/40 |
|
6 |
އެކްސްޓެންޝަން ކަރަންޓް ބޯޑު |
5/- |
|
7 |
ވޮލީ ނެޓް، ވޮލީބޯޅަ، ފުޓްބޯޅަ،ރެކެޓް،10ބަށިބޯޅަ، ހޭންޑްބޯލަ، |
-/30 |
|
8 |
ކެނޯ |
ގަޑިއަކަށް 100 ރުފިޔާ |
|
9 |
ސްވިމިންގ ސާމާނު (މާސްކު، ފިންސް، ރިންގު، ގޮގުލްސް) |
20/- |
|
10 |
ފަލިޖަހާ ކަނދު |
ގަޑިއަކަށް 100 ރުފިޔާ |
|
ހުއްދަ/ފާސް ނެގުން
- ބީޗް ބޭނުންކުރަން ބޭނުންވާ ފަރާތްތަކުން ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 8:30 ން 13:30 އަށް ހައްދުންމަތީ އިސްދޫ ކައުންސިލްގެ އިދާރާއަށް ދުރުވެ ހުއްދަ/ ފާސް ނަގަންވާނެއެވެ.
- އެޑްވާންސްކޮށް އަދި އޮންލައިންކޮށް ބުކް ކުރުމާއި، ފައިސާ ދެއްކުމުގެ އިންތިޒާމް ހަމަޖެހިފައި ހުންނާނެއެވެ.
ސާފުތާހިރުކަމާއި ރައްކާތެރިކަން އަދި އަމިއްލަ މިނިވަންކަން
- ބީޗު ތެރޭގައި ކުނިއެޅުމަށް، އެކި ސަރަހައްދުތަކުގައި ޑަސްޓްބިން ބަހައްޓާފައި ހުންނާނެއެވެ. ޑަސްޓްބިންތައް ފިޔަވައި ބީޗުގެ އެތަންމިތަނަށް ކުނި އެޅުމަކީ މަނާކަމެކެވެ. އަދި މިގޮތަށް (އެތަން މިތަނަށް) ކުނި އަޅާ ފަރާތްތަކާއިމެދު އުޞޫލާ އެއްގޮތަށް ފިޔަވަޅު (ޖޫރިމަނާ ކުރުން) އެޅޭނެއެވެ.
- ބީޗުން އެބަޔަކު ކުއްޔަށް ނަގާ އަތިރި ފިޔަވައި އެހެން އެއްވެސް ސަރަހައްދަކަށް ދިޔުމަކީ މަނާކަމެކެވެ. އަދި އެހެން އަތިރިތަކުގައި ހުންނަ އާލާތްތައް ބޭނުންކުރުމާއި އެއް އަތިރިން އަނެއް އަތިރިއަށް އުފުލައި ބަދަލުކުރުމަކީ ވެސް މަނާކަމެކެވެ.
- ބީޗުގެ މޫދަށް އެރުމާއި، އަލިފާނާއި ކަރަންޓް ގެންގުޅުން ފަދަ ކަންކަމުގައި ރައްކާތެރިކަމަށް ޚާއްޞަ ސަމާލުކަމެއް ދޭންވާނެއެވެ.
އުޞޫލާއި ހިލާފްވުން
- އެއްވެސް ފަރާތަކުން، އެއްވެސް ސަބަބަކާއެކު މި އުޞޫލާއި ހިލާފްވެގެން ނުވާނެއެވެ. އަދި މި އުޞޫލާއި ހިލާފުވާ ފަރާތްތަކާއިމެދު އުޞޫލާއި އެއްގޮތަށް ފިޔަވަޅު އެޅޭނެއެވެ.
- ހައްދުންމަތީ އިސްދޫ ކައުންސިލްގެ އިދާރާއިން ދޫކުރާ ހުއްދަ/ފާސް ނެތި އެއްވެސް ހާލެއްގައި އެއްވެސް ފަރާތަކުން މި ބީޗް ބޭނުންކުރުމަކީ މަނާކަމެކެވެ. އަދި އެފަދަ ފަރާތެއް ދެނެގަނެ، އެކަމުގައި ޝާމިލްވާ އެންމެހައި ފަރާތްތައް 500 ރުފިޔާ އާއި 5000 ރުފިޔާ އާއި ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ.
- ބީޗުގައި ބޭނުންކުރާ އެއްވެސް އެއްޗަކަށް ގެއްލުމެއް ވެއްޖެނަމަ އެކަމުގެ ޒިންމާ ނަގަންޖެހޭނީ ބީޗް ކުއްޔަށްނަގާ ފަރާތުންނެވެ.
ނޯޓް: މި ބީޗްގައި ހިމެނޭ "ޝާހުބަންދަރު" ސަރަޙައްދު ޢާއްމުންނަށް ބޭނުންކުރެވޭގޮތަށް ހުޅުވާލާފައި އޮތްނަމަވެސް، އެތަނަށް މީހުން ވަންނަންވާނީ، ބީޗްގައި ހިމެނޭ އެއްވެސް ސްޓޯލެއްގައި މީހުން އުޅޭނަމަ، އެމީހުންނަށް އުނދަގޫނުވާނޭހެންނެވެ. އަދި ސްޓޯލުތަށް ހިމެނޭ ސަރަޙައްދަށް ވަނުމަކީ، މަނާކަމެކެވެ. މި ސަރަޙައްދަށް ވަނުމަށް އެއްވެސް ފީއެއް ނުނަގާނެއެވެ. މި ސަރަޙައްދުގައި އެއްވެސް މިންވަރަކަށް ކެއިން ބުއިމުގެ ކަންކަން ކޮށްގެން ނުވާނެއެވެ. "ޝާހުބަންދަރު" ސަރަޙައްދު ބޭނުންކުރާ ފަރާތްތަކަށް އެ ސަރަޙައްދުގެ މޫދަށް އެރުމާއި، ފެންވެރުންފަދަ ކަންކަން ހިލޭ ކުރެވޭނެއެވެ.