މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކެނދިކުޅުދޫ ސްޓޭޑިއަމް ރޮސްޓްރަމް މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމާ ގުޅޭ

ނ.ކެނދިކުޅުދޫ ސްޓޭޑިއަމްގައި ހަދާފައިހުރި ރޮސްޓްރަމް (ބޯޅަގެ)، ކައުންސިލުން ފޯރުކޮށްދޭ ކުރެހުމާއި ސްޕެސިފިކޭޝަނާ އެއްގޮތަށް، އަމިއްލަ ތަކެތީގައި މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

 މިއިޢުލާނަށް ބީލަން ހުށަހެޅޭނީ، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަމްބަރު 19/2014) ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށާއި ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރު 18/2014) ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ.

މަޝްރޫޢުއާ ގުޅިގެން ކުރަންހުރި މަސައްކަތްތައް:

މިމަސައްކަތާ ގުޅުންހުރި ކުރެހުންތައް އެއްކަރުދާސް ކޮށްފައިވާނެއެވެ.                

ބޮޑުމިން

ތަފްޞީލު

މަސައްކަތް

#

265 އަކަފޫޓު

މިހާރު އަޅާފައިވާ ޑެކްގެ ތަޅުން ނަގާ، ގެޔޮގަނޑު ދަގަނޑަށް ބަދަލުކޮށް، ކުރެހުމުގައިވާގޮތަށް އަލުން ޑެކް އެޅުން.

ޑެކް ބަދަލުކުރުން

1

ކުރެހުމުގައި ފާހަގަ ކޮށްފައި

ރެފްރީ ރޫމާއި ސްޓޯރގައި މިހާރު ޖަހާފައިހުރި ޕާރޓިޝަން ނަގާ، ކުރެހުމުގައިވާގޮތަށް ޕާރޓިޝަން ބަދަލުކުރުން.

ރެފްރީ ރޫމާއި ސްޓޯރގެ ޕާރޓިޝަން ބަދަލުކުރުން

2

ކުރެހުމުގައި ވާގޮތަށް

ރެފްރީ ރޫމް، ވޯރކްވޭ އަދި ސްޓޯރަށް ބޭނުންވާ ކަރަންޓް ވައިރިން އަޅާ، ލައިޓު، ފަންކާ، ސުވިޗު އަދި ސޮކެޓު ހަރުކުރުން.

-          ރެފްރީ ރޫމް އަދި ސްޓޯރގައި؛ 1 ލައިޓު، 1 ގޭންގް 2 ސޮކެޓު، 1 ފާރުގަ ހަރުކުރާ ފަންކާ، އަދި ބޭނުންވާ ސުވިޗުތައް.

ޑެކް މަށްޗަށް ބޭނުންވާ 1 ގޭންގް ގެ 4 ސޮކެޓު (ވެދާރ ޕްރޫފް) ހަރުކުރުން.

ކަރަންޓް ވައިރުކުރުން

3

265 އަކަފޫޓު

ރެފްރީ ރޫމް، ވޯރކްވޭ އާއި ސްޓޯރ އަދި ޑެކްގެ އަސްކަނި ސީލިންގ ކުރުން

ޑެކް ދަށް ސީލިންގ ކުރުން

4

ކުރެހުމުގައި ފާހަގަ ކޮށްފައިވާ ސަރަހައްދު

B ޗޭންޖިންގ ރޫމް (ދެކުނު ފަރާތު)ގެ ސީލިންގގެ ހަލާކުވެފައިވާ ފިލާތައް ނަގާ، ފިލާ ބަދަލުކުރުން.

B ޗޭންޖިންގ ރޫމް(ދެކުނު) ސީލިންގ ބަދަލުކުރުން

5

13.6 އަކަފޫޓު

A އަދި B ޗޭންޖިންގ ރޫމްގެ 2 ފާޚާނާ، ސީލިންގ މައްޗަށް ފަސޭހައިން އެރޭނެހެން ސީލިންގ ކުރުން.

2 ޗޭންޖިން ރޫމްގެ ފާޚާނާ ސީލިންގ ކުރުން

6

ކުރެހުމުގައި ފާހަގަ ކޮށްފައިވާ

ރޮސްޓްރަމް ފުރާޅުގެ އެންމެ ހުޅަނގަށް އޮތް، ހަލަކުވެފައިވާ 4 ޓިނުގަނޑު ނަގާ، ބަދަލުކުރުން. (ލައިސާޓް ޓިނު)

ރޮސްޓްރަމް ފުރާޅުގެ އެންމެ ހުޅަނގަށް އޮތް 4 ޓިނުގަނޑު ބަދަލުކުރުން.

7

ކުރެހުމުގައި ވާގޮތަށް

ކުރެހުމާއި އެއްގޮތަށް ޑެގް އަޅާ ސަރަހައްދު މަތި އެއްކޮށް ހިޔާކުރުމާއި ލައިވް ކުރުމަށް ޚާއްސަ ޕްލެޓްފޯމެއް ހެދުން.

ޑެގް އަޅާ ސަރަހައްދު ހިޔާކުރުން އަދި ލައިވް ކުރާ ޕްލެޓްފޯމެއް ހެދުން

8

 

ނަން ނޯޓް ކުރުން/ ރަޖިސްޓްރޭޝަން

ބީލަން ހުށަހަޅަން ބޭނުންފުޅުވާ ފަރާތްތަކުން، 17 ފެބުރުވަރީ  2025 ވާ ހޯމަ ދުވަހުގެ 11:00 ގެ ކުރިން ތިރީގައިވާ ލިންކް މެދުވެރިކޮށް ރަޖިސްޓްރޭޝަން ފޯރމު ފުރިހަމަކޮށް ފޮނުވަންވާނެއެވެ. ރަޖިސްޓްރޭޝަން ލިންކް: https://forms.office.com/r/VDy7pzFw4p

މިއިޢުލާނަށް ބިލަން ހުށަހެޅޭނީ، ބީލަމުގައި ރަޖިސްޓްރީވާ ފަރާތްތަކަށް އެކަންޏެވެ.

މަޢުލޫމާތު ބައްދަލުވުން

މިބީލަމާ ގުޅޭ މަޢުލޫމާތު ބައްދަލުވުން، 17 ފެބުރުވަރީ  2025 ވާ ހޯމަ ދުވަހުގެ 13:00 ގައި، ނ. ކެނދިކުޅުދޫ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައި އޮންނާނެއެވެ.

ބީލަން ހުށަހަޅަން ބޭނުންފުޅުވާ ފަރާތްތަކުން، މިމަޢުލޫމާތު ބައްދަލުވުމުގައި ބައިވެރިވުމަކީ ލާޒިމު ކަމެކެވެ.

ބައްދަލުވުމަށް ވަޑައިނުގަނެވޭ ފަރާތްތަކުން، ބަދަލުގައި އެހެން ފަރާތެއް ފޮނުވާނަމަ، ބައްދަލުވުމަށް ޙާޟިރު ވުމުގެ ކުރިން އެފަރާތުގެ މަޢުލޫމާތު، ލިޔުމުން ނުވަތަ އީމެއިލް މެދުވެރިކޮށް [email protected] އަށް ފޯރުކޮށްދޭން ވާނެއެވެ.

ބީލަން ހުށަހެޅުން

ބީލަން ހުށަހެޅުން އޮންނާނީ  24 ފެބުރުވަރީ  2025 ވާ ހޯމަ ދުވަހު 13:00ގައި ނ. ކެނދިކުޅުދޫ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ.

ބީލަން ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ.

ބީލަމުގައި ރަޖިސްޓްރީ ނުވާ ފަރާތްތަކާއި، ގަޑިޖެހިގެން ވަޑައިގަންނަވާ ފަރާތްތަކަށް ބީލަން ހުށައެޅުމުގެ ފުރުޞަތެއް ނުދެވޭނެއެވެ.

ބީލަން ހުށަހަޅާ ފަރާތަށް ހުށަހެޅޭނީ 1 (އެކެއް) ޕްރޮޕޯސަލެވެ. އެއް ޕްރޮޕޯސަލަށްވުރެ ގިނަ ޕްރޮޕޯސަލް، އެއް ފަރާތަކުން ހުށަހަޅައިފިނަމަ، އެފަރާތަކުން ހުށަހަޅާ ހުރިހައި ޕްރޮޕޯސަލެއް ބާޠިލް ކުރެވޭނެއެވެ. މީގެ ތެރޭގައި އެހެން ފަރާތަކުން ހުށަހަޅާ ޕްރޮޕޯސަލެއްގައި ބައިވެރިވުންވެސް ހިމެނޭނެއެވެ.

ބީލަމާއެކު ހުށަހަޅަންޖެހޭ ތަކެތި:

  1. ފުރިހަމަކޮށް ސޮއިކޮށްފައިވާ ބީލަން ހުށަހަޅާ ފޯމް.
  2. ކުންފުނި، ކޯޕަރޭޓިވްސް، ޕާޓްނާރޝިޕް އަދި ވިޔަފާރި ފަދަތަންތަނުން ހުށަހަޅާ ބީލަން ފޯމުގައި އެތަނެއްގެ ސިއްކަ އޮތްނަމަ ސިއްކަ ޖަހަންވާނެއެވެ.)
  3. ފުރިހަމަކޮށް ސޮއިކޮށްފައިވާ ޗެކްލިސްޓް (ބީލަން ހުށަހަޅާ ފޯމުގެ ފަހަތުގައިވާ)
  4. ކުންފުނި، ކޯޕަރޭޓިވްސް އަދި ޕާޓްނާރޝިޕް އަކުން ހުށަހަޅާނަމަ ވިޔަފާރި ރަޖިސްޓަރީގެ ކޮޕީ

އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓަރީގެ ކޮޕީއާއި ވެރިފަރާތުގެ އައިޑީ ކާޑް ކޮޕީ

  1. ޖީ. އެސް. ޓީ ރަޖިސްޓަރީ ކޮންފައިވާނަމަ ޖީ އެސް. ޓީ ސެޓްފިކެޓްގެ ކޮޕީ. ރަޖިސްޓަރީ ނުކުރާނަމަ މީރާގައި ވިޔަފާރި ރަޖިސްޓަރީކުރިކަމުގެ ލިޔުމުގެ ކޮޕީ.
  2. އެންމެ ފަހުން ވިޔަފާރީގެ ފީ ދެއްކި ރަޝީދުގެ ކޮޕީ (ޕްރައިވެޓް އަދި ޕަބްލިކް ލިމިޓެޑް ކުންފުނިތައްނަމަ)
  3. ބީލަމުގައި ވެރިފަރާތް ނޫން އެހެން ފަރާތަކުން ސޮއިކުރާނަމަ ސޮއިކުރުމުގެ އިޚްތިޔާރުދީފާއި އޮތްކަމުގެ ލިޔުން.

- ފަރުދީ ވިޔަފާރި، ޕާޓްނާރޝިޕް އަދި ކޯޕަރޭޓިވް ސޮސައިޓީތަކުން ސޮއިކުރުމުގެ އިޚްތިޔާރުދީފައިވާ ކަމުގެ ޕަވަރ އޮޕް އެޓާރނީ ހުށަހަޅަންވާނެއެވެ.

- ކުންފުނީގެ މެނޭޖިންގ ޑައިރެކްޓަރނޫން އެހެން ފަރާތަކުން ސޮއިކުރިނަމަ ބޯޑު ރިޒޮލިއުޝަން ހުށަހަޅަންވާނެއެވެ.

  1. ކެނދިކުޅުދޫ ކައުންސިލް އިދާރާއަށް ފައިސާއެއް ދައްކަން ޖެހިފައިނެތްކަން ބަޔާންކޮށް ކައުންސިލުން ދޫކޮށްފައިވާ ލިޔުން (މިލިޔުން ހުށަހެޅުން ލާޒިމެއް ނޫނެވެ. ބީލަން ކާމިޔާބުވާ ފަރާތްތަކަށް ބިން ޙަވާލުކުރެވޭނީ ކައުންސިލަށް ދައްކަންޖޭހޭ ފައިސާއެއް ނެތްނަމައެވެ.)
  2. ބީލަން ހުށަހަޅާ ފަރާތުގެ ޕްރޮފައިލް

ޕްރޮފައިލްގައި ހުށަހަޅަންޖެހޭ މައިގަނޑު މައުލޫމާތުތަކީ:-

ހ) ކުރިމަތިލާ ފަރާތުގެ މަޢުލޫމާތު

ށ) ކުންފުނި، ޕާޓްނަރޝިޕް ނުވަތަ ކޯޕަރޭޓިވްސް ފަދަ ތަނަކުން ހުށަހަޅާނަމަ ބޯޑު މެންބަރުން އަދި މެނޭޖިންގ ޑިރެކްޓަރ / މެނޭޖިން ޕާޓްނާރ ފަދަ އިސްމަގާމުތަކުގައިވާ ފަރާތްތަކުގެ މަޢުލޫމާތު

ނ) ބީލަން ހުށަހަޅާ ފަރާތުން ޢާންމުކޮށް ކުރާ ވިޔަފާރި / މަސައްކަތްތައް

ބީލަން ވަޒަންކުރުން:

ބީލަން ކާމިޔާބުކުރާ ފަރާތެއް ކަނޑައެޅުމަށްޓަކައި ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާ ގޮތާއި އިސްކަންދޭނެ ތަރުތީބު

 

70%

އަގަށް:

ހުށަހަޅާފައިވާ ބީލަންތަކަށް ބަލައި، ޕްރޮޖެކްޓް ނިންމުމަށް އެންމެ ކުޑަ އަގު ހުށަހަޅާ ފަރާތަށް އެންމެ ގިނަ ޕޮއިންޓް ދީ ބެންޗުމާކުގެ ގޮތުގައި ބަލައިގެން އެހެން ބީލަންތަކަށް ޕޮއިންޓް ދެވޭނެއެވެ.

30%

ފޯމާއެކު ހުށަހަޅާ ޕްރޮޕޯސަލް:

( ފްރޮޕޯސަލްއަށް މާކްސްދޭނެ އުޞޫލު ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.)

100%

ޖުމްލަ:

ޕްރޮޕޯސަލަށް މާކްސް ދެވޭނެ ގޮތް:

20%

މުއްދަތަށް:

ހުށަހަޅާފައިވާ ބީލަންތަކުގެ ތެރެއިން، ޕްރޮޖެކްޓް ނިންމުމަށް އެންމެ ކުރު މުއްދަތު ހުށަހަޅާ ފަރާތަށް އެންމެ ގިނަ ޕޮއިންޓް ދީ ބެންޗުމާކުގެ ގޮތުގައި ބަލައިގެން އެހެން ބީލަންތަކަށް ޕޮއިންޓް ދެވޭނެއެވެ.

10%

 

ތަޖުރިބާ:

މާކްސް ދެވޭނީ މިކައުންސިލްގެ ޓެކްނިކަލް އިވަލުއޭޝަންއިން ފާސްވާ ފަރާތްތަކުގެ ތެރެއިން، މަސައްކަތާ ގުޅުންހުރި ދާއިރާގައި ކޮށްފައިވާ މަސައްކަތްތަކާއި ކުރަމުންދާ މަސައްކަތަކަށެވެ. އެގޮތުން ހުށައަޅާ ކޮންމެ ލިޔުމަކަށް ލިބޭނީ 2 (ދޭއް) މާކްސް އެވެ. އަދި ނިސްބަތުން އެންމެ ގިނަ މާކްސް ލިބޭ ފަރާތަށް އެންމެ ގިނަ ޕޮއިންޓް ދީ ބެންޗުމާކުގެ ގޮތުގައި ބަލައިގެން އެހެން ބީލަންތަކަށް ޕޮއިންޓް ދެވޭނެއެވެ. އެންމެ މަތިން ދެވޭނީ 10 މާކްސް އެވެ.

30%

ޖުމުލަ:

 

އިތުރު މަޢުލޫމާތު:

އެކަށީގެންވާ އަދަދަށް ބިޑު ލިބިފައި ނުވާނަމަ  އަދި ހުށަހަޅާފައިވާ ބިޑްތަކުގެ އަގާއި މުއްދަތު އެކަށީގެންނުވާނަމަ މި އިޢުލާނު ބާޠިލްކުރުމުގެ އިޚްތިޔާރު ނ. ކެނދިކުޅުދޫ ކައުންސިލަށް ލިބިގެން ވެއެވެ.

-          ކެނދިކުޅުދޫ ކައުންސިލްގެ އިދާރާ

-          ނ. ކެނދިކުޅުދޫ، ދިވެހިރާއްޖެ،

-          ފޯން: 6560013 ނުވަތަ 6560663 (ރަސްމީ ގަޑީގައި)

-          އީމެއިލް: [email protected]

މިމަސައްކަތައް ޝައުގުވެރިވާ ފަރާތްތަކުން 17 ފެބުރުވަރީ 2025 ވާ ހޯމަ ދުވަހު 11:00ގެ ކުރިން ބީލަމުގައި ރަޖިސްޓްރީވެ، މަޢުލޫމާތު ބައްދަލުވުމަށް ވަޑައިގެން، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު،  24 ފެބުރުވަރީ  2025 ވާ ހޯމަ ދުވަހު 13:00ގައި ކެނދިކުޅުދޫ ކައުންސިލަށް ވަޑައިގެން ބީލަން ހުށަހެޅުއްވުމަށް ފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

14  ޝަޢްބާން  1446

13  ފެބުރުވަރީ  2025

13 ފެބުރުވަރީ 2025
ހޯދާ