ދިވެހިރާއްޖެ
އިޢުލާން
އޮޕަރޭޝަން ކުރަނގި ފެށުމާގުޅޭ
ރާއްޖޭގައި ދިރިއުޅޭ ބިދޭސީ މަސައްކަތްތެރިން ދަފްތަރެއްގައި ރަޖިސްޓްރީ ކުރުމަށްޓަކައި މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީން ކުރިއަށްގެންދާ "އޮޕަރޭޝަން ކުރަނގި" ގެ ދަށުން ބިދޭސީ މަސައްކަތްތެރިންގެ ދަފްތަރު އެކުލަވާލުމަށް ދީފައިވާ މުއްދަތު 2025 ފެބްރުވަރީ މަހުގެ ނިޔަލަށް ވަނީ އިތުރުކުރެވިފައެވެ.
އެގޮތުން މިރަށުގައި މަސައްކަތްކުރަމުންދާ ބިދޭސީން ރަޖިސްޓްރީކުރުމުގެ މަސައްކަތް 27 ފެބްރުވަރީ 2025 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ނިޔަލަށް މި އިދާރާގައި ކުރިއަށްދާނެއެވެ.
މި މުއްދަތުގައި ބިދޭސީންގެ ދަފްތަރުގައި ރަޖިސްޓްރީ ނުވާ ބިދޭސީ މަސައްކަތްތެރިން އަދި އަދި އެމީހުންނާއި ހަވާލުވެގެން ތިބި ފަރާތްތަކުގެ މަޢުލޫމާތު ކަމާބެހޭ ސަރުކާރުގެ އިދާރާތަކާއި ހިއްސާކުރެވޭނެކަމުގައި ދަންނަވަމެވެ.
ވީމާ މިކަން ޢާންމުކޮށް އެންގުމަށްޓަކައި ޢިޢުލާނުކުރީމެވެ.
ސާރަތު އާދަމް
ކައުންސިލްގެ މެމްބަރު