ހުވަދުއަތޮޅު ދެކުނުބުރީ ވާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުޑަކުދިންނަށް ޤުރުއާން ކްލާސް ހިންގުން

 

 

 

                                 

 

އިޢުލާން

ނަންބަރ:

 (IUL)421/ESMSED/421/2025/08

ތާރީޚް:

‏ 14 ޝަޢުބާން 1446

 13 ފެބުރުވަރީ 2025

 

ކުޑަކުދިންނަށް ޤުރުއާން ކްލާސް ހިންގުން

 

                  ކުޑަކުދިންގެ ހިތްތަކުގައި ކީރިތި ޤުރުއާނަށް ލޯބި ޖެއްސުމާއި،ރީތިކޮށް ތަޖުވީދުގެ ހަމަތަކާއި އެއްގޮތްވާ ގޮތުގެމަތިން ޤުރުއާން ކިޔެވުމަށް ބާރުއަޅާ،ރަށުފެންވަރުގަ އާއި އަތޮޅުފެންވަރުގައި އަދި ޤައުމީ ފެންވަރުގައި ބާއްވާ އެކިއެކި ޤުރުއާން މުބާރާތްތަކުގައި ބައިވެރިވާ ކުދިން މުބާރާތްތަކަށް ތައްޔާރުކޮށް ދިނުމުގެ މަޤްޞަދުގައި މިކައުންސިލުން ހޭދަކޮށްގެން މިރަށުގެ އުވާލާފައިވާ މިސްކިތެއްކަމުގައިވާ މަސްޖިދުލް އިކްރާމް (ގައްދަޑުގެ ޢަބްދުﷲ ލަޠީފް ބިނާކުރެއްވި މިސްކިތް) ގައި ޤުރުއާން ކްލާސްތަކެއް ހިންގުމަށްވަނީ ހަމަޖެހިފައެވެ.

 

            ވީމާ،މިކްލާސްތަކުގައި ދަރިވަރުން ބައިވެރިކުރުވުމަށް ބޭނުންވާ ބެލެނިވެރިން ކުއްޖާގެ މުއްދަތު ހަމަނުވާ އައިޑީކާޑުގެ ފޮޓޯއެއް ކައުންސިލްގެ ވައިބަރ ނަންބަރ 9240245 އަށް ވައިބަރ ކޮށް،23 ފެބުރުވަރީ 2025 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން ކުއްޖާ ރަޖިސްޓްރީ ކުރުމަށް ދެންނެވީމެވެ.

 

 

 

                                                            ޙަސަން ޢަބްދުﷲ

 

                                                           ކައުންސިލްގެ ރައީސް

 

 

13 ފެބުރުވަރީ 2025
ހޯދާ