ދިވެހިރާއްޖެ
އިޢުލާން
ރަށުގެ ގެސްޓްހައުސްތަކުގެ ފަތުރުވެރިންނަށް ތުނޑިނޫން އެހެން ސަރަހައްދުތަކުގައި ލަންޗް އަދި ޑިނަރ ދިނުމާއިގުޅޭ
ރަށުގެ ގެސްޓްހައުސްތަކުގެ ފަތުރުވެރިންނަށް ތުނޑިނޫން އެހެން ސަރަހައްދުތަކުގައި ލަންޗް އަދި ޑިނަރ ދިނުމަކީ ކައުންސިލްގެ ހުއްދަލިބިގެން ބޮލަކަށް 1 (އެކެއް) ޑޮލަރ ގެ ފީ އަކާއި އެކު ކުރެވޭ ކަމަކަށްވީ ނަމަވެސް، މިހާރަކަށް އައިސް ގިނަފަރާތްތަކަކުން މިގޮތައް އަމަލުކުރަމުން ނުދާކަންވަނީ މިއިދާރާއަށް ފާހަގަ ކުރެވިފައެވެ.
ވީމާ، ރަށުގެ ގެސްޓްހައުސްތަކުގެ ފަތުރުވެރިންނަށް ތުނޑިނޫން އެހެން ސަރަހައްދުތަކުގައި ލަންޗް އަދި ޑިނަރ ދިނުމުގެ ކުރިން ކައުންސިލުގެ ހުއްދަ ހޯދުމާއި އެކު އެކަމަށް ދައްކަންޖެހޭ ފީ ދެއްކުމަށް ހަދާންކޮށްދެމެވެ.
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށް އިޢުލާނު ކުރީމެވެ.
ސާރަތު އާދަމް
ކައުންސިލްގެ މެމްބަރު