މުލަކަތޮޅު ނާލާފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރައްޔަތުންނާއި ބައްދަލުކުރުން - ފެބްރުއަރީ 2025

ޤާނޫނު ނަންބަރ 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 107 ވަނަ މާއްދާގައިވާ ގޮތުގެ މަތިން  ރައްޔަތުންނަށް ޢާއްމުކޮށް ހުޅުވާލައިގެން ބައްދަލުވުމެއް ކޮންމެއަހަރަކު ފެބްރުއަރީ މަހު ބާއްވަންޖެހެއެވެ. އެހެންކަމުން މި ކައުންސިލްގެ ފަރާތުން ރައްޔަތުންނާއި އެކު މިމަހު ބާއްވާ ބައްދަލުވުން 18 ފެބްރުއަރީ 2025 ވާ އަންގާރަ ދުވަހުރޭ 20:30 ގައި މ. ނާލާފުށީ ސްކޫލްގައި ބޭއްވުމަށް ވަނީ ނިންމާފައެވެ.

  1. 2024 ވަނަ އަހަރުގެ އަހަރީ ރިޕޯޓް ހުށަހެޅުން
  2. 2024 ވަނަ އަހަރުގެ މާލީ ރިޕޯޓް ހުށަހެޅުން
  3. 2025 ވަނަ އަހަރުގެ ކައުންސިލްގެ މަސައްކަތު ތާވަލް ހުށަހެޅުން

            ވީމާ، މިބައްދަލުވުމުގައި ބައިވެރިވެލެއްވުމަށް ރަށުގެ އެންމެހާ ރައްޔަތުންނަށް ދަޢުވަތު އަރުވައި، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.         

13 ފެބުރުވަރީ 2025
ހޯދާ