ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުޑަހުވަދޫ ކައުންސިލުން 1446 ވަނަ އަހަރުގެ ރަމަޟާންމަހުގެ ޢިނާޔަތެއްގެ ގޮތުގައި ކުނި ފީ މާފުކުރުމާ ގުޅޭ

1446 ވަނަ އަހަރުގެ ރަމަޟާންމަހު ދ.ކުޑަހުވަދޫ ރައްޔިތުންނަށް ޢިނާޔަތެއްގެ ގޮތުގައި އާންމު ގޭބިސީތަކުން މި އަހަރުގެ ފެބްރުވަރީ މަހުގެ ކުނިފީ މާފުކޮށްދިނުމަށް ވަނީ ނިންމާފައެވެ. މިގޮތަށް ނިންމާފައިވަނީ 04 ފެބްރުވަރީ 2025 ވަނަ ދުވަހުގައި ބޭވުން ދ.ކުޑަހުވަދޫ ކައުންސިލްގެ 04 ވަނަ ދައުރުގެ 155 ވަނަ ރަސްމީ އާންމު ޖަލްސާ އިންނެވެ. އަދި ފެބްރުވަރީ  މަހުގެ ކުނީ ފީ ޖަމާކުރެވިފައި  ވީނަމަވެސް ރީފަންޑް ދިނުމުގެ ބަދަލުގައި އެ ފައިސާ ބަލައިގަނެވޭނީ ޖެހިގެން އަންނަ މަހުގެ ކުނިފީގެ ގޮތުގައެވެ.

ވީމާ، މިކަން އާންމުކޮށް އަންގާ އިޢުލާން ކުރަމެވެ.

14  ޝައުބާން 1446

13  ފެބްރުވަރީ 2025

13 ފެބުރުވަރީ 2025
ހޯދާ