ތިލަދުންމަތީ ދެކުނުބުރީ ކުމުންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
1446 ވަނަ އަހަރަގެ ރަމަޟާންމަހަށް ރަށުތެރެ ސާފުކުރުން.
ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ ފަރާތުން ރަމަޟާން މަހަށް މަރުޙަބާ ކިޔުމުގެ ގޮތުން ދިވެހިރާއްޖޭގެ ހުރިހައި ރަށެއްގައި ކުރިއަށް ގެންދާ "ރޯދަ ސާފު" ޙަރަކާތް ކުމުންދޫގައިވެސް ކުރިއަށް ގެންދިއުމަށް ވަނީހަމަޖެހިފައެވެ. މިއީ ރަށުގެ ގޮނޑުދޮށާއި، މިސްކިތްތަކާއި، މަގުމަތި އަދި ރަށުގައި ހުރި އާސާރި ތަންތަން ސާފުކުރުމުގެ ޕްރޮގްރާމެކެވެ.
މިރަށުގައި މި ޕްރޮގްރާމް ފެށުމަށް ހަމަޖެހިފައިވަނީ ހުރިހާ މުވައްސަސާތަކާއި، ރަށުގެ ކުލަބު ޖަމުޢިއްޔާތަކާއި އަދި ރަށުގެ އާންމު ރައްޔިތުންނާއި ގުޅިގެން 15 ފެބުރުވަރީ 2025 ވާ ހޮނިހިރު ދުވަހު ހެނދުނު 6:30 ގައި ޙާޟިރު ވާނީ ނެރުމަގަށެވެ.
ވީމާ، "ރޯދަ ސާފު" ޚަރަކާތަށް ކުމުންދޫގެ އެންމެހައި ރައްޔިތުންނަށާއި މުވައްސަސާތަކަށް ދަޢުވަތު އަރުވަމެވެ.
މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.
12 ފެބުރުވަރީ 2025
ހޯދާ