މާފުށީ ސްކޫލް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
އިޢުލާނު
މި ސްކޫލްގެ 12 ކުލާސްރޫމަށް ފޮތް ހަރުޖެހުމުގެ މަސައްކަތަށް ކުރެވުނު ނަމްބަރ: GS143/IUL/2025/001 އިޢުލާން އާއިގުޅިގެން ހުށެހެޅިފައިވާ އެސްޓިމޭޓްތަކުގެ އަގު ބަޖެޓްކުރެވިފައިވާ އަގަށްވުރެ ބޮޑުވާތީ، އަލުން އިޢުލާންކުރީމެވެ. ވީމާ މި ސްކޫލްގެ ކުލާސްރޫމްތަކަށް ފޮތް ހަރުޖެހުމުގެ މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝައުޤުވެރިވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
- މިބީލަންތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 16 ފެބުރުއަރީ 2025 ވާ އާދީއްތަ ދުވަހަކު 9:30 އިން 13:00 އަށް މިސްކޫލަށް ގުޅުއްވައިގެން ނުވަތަ ވަޑައިގެން ނަންނޯޓް ކުރެއްވުން އެދެމެވެ. ނަންނޯޓް ނުކުރާ ފަރާތްތަކަށް ބީލަމުގައި ބައިވެރިއެއް ނުވެވޭނެއެވެ ނަންނޯޓްކުރައްވާއިރު ތިރީގައިމިވާ މަޢުލޫމާތު ބޭނުންވާނެއެވެ. ކުންފުނީ/ވިޔަފާރީގެ ނަމާއި، ފޯންނަމްބަރ ،އީ މެއިލް އެޑްރެސް
- މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 18 ފެބުރުއަރީ 2025 ވާ އަންގާރަ ދުވަހުގެ 13:00 ގައި މިސްކޫލްގައެވެ. މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރި ނުވާފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެވާހަކަ މަޢުލޫމާތައްޓަކައި ދެންނެވީމެވެ.
- މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 19 ފެބުރުއަރީ 2025 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް މެއިލް ފޮނުއްވުން އެދެމެވެ.
- ބީލަން ހުށަހެޅުމާއި، ހުޅުވުން އޮންނާނީ 24 ފެބުރުއަރީ 2025 ވާ ހޯމަ ދުވަހުގެ 13:00 ގައި މިސްކޫލްގައެވެ.
މާފުށީ ސްކޫލް / ކ.މާފުށި، ހަވީރީހިނގުން
ފޯނުނަންބަރު 7920287
އީމެއިލް: [email protected]
14 ޝަޢްބާން 1446
13 ފެބުރުވަރީ 2025
ހޯދާ