މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އަށް ސިޔާސީ ހަރަކާތް ހިންގުމަށް ދޫކޮށްފައިވާ ބިން ބާޠިލުކުރުމާ ބެހޭ

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އަށް ސިޔާސީ ހަރަކާތް ހިންގުމަށް 2023 ވަނަ އަހަރު ކެނދިކުޅުދޫއިން ދޫކޮށްފައިވާ ބިމުގެ އެގްރިމަންޓް (ނަންބަރު: (AGR)286-CB/286/2023/18) އަދި ސިޔާސީ ޕާޓި ތަކަށް ބިން ދޫކުރުމުގެ އުޞޫލު (ނަންބަރު: (DIR)286-CB/286/2023/2) އަދި އިލެކްޝަން ކޮމިޝަން އޮފް މޯލްޑިވްސްގެ އިޢުލާން (ނަންބަރު: (IUL)38-CB./38/2025/61) އާއި ޙަވާލާދީ ދަންނަވަމެވެ.
އިލެކްޝަން ކޮމިޝަން އޮފް މޯލްޑިވްސް އިން 30 ޖަނަވަރީ 2025 ގައި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އުވާލާފައިވާކަން އަންގާ އިޢުލާން ގެޒެޓްގައި ޝާއިރުކޮށްފައިވާތީ އާއި ސިޔާސީ ޕާޓި ތަކަށް ބިން ދޫކުރުމުގެ އުޞޫލުގެ 9 ވަނަ މާއްދާގެ (ހ)،(ރ) އަދި (ބ) އާ ހިލާފުވެފައިވާތީ އާއި މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކައުންސިލް އިދާރާއާއި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް އާއި ދެމެދު ވެފައިވާ އެއްބަސްވުމުގެ 11 ވަނަ މާއްދާ (އެއްބަސްވުން އުވާލުން) ގައި ބަޔާންކޮށްފައިވާ ކަންކަން ފުރިހަމަ ވެފައި ނުވާތީ ޕީޕީއެމް އަށް ސިޔާސީ ހަރަކާތް ހިންގުމަށް 2023 ވަނަ އަހަރު ކެނދިކުޅުދޫއިން ދޫކޮށްފައިވާ 3000 އަކަފޫޓު ބިމުގެ އެގްރިމަންޓް 30 ޖަނަވަރީ 2025 ގައި ބާޠިލު ކުރިކަން އިޢުލާން ކުރަމެވެ.

ވީމާ، މިކަން އާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.
13 ޝައުބާން 1446
12 ފެބުރުވަރީ 2025

12 ފެބުރުވަރީ 2025
ހޯދާ