ތިލަދުންމަތީ ދެކުނުބުރީ ކުމުންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހދ.ކުމުންދޫ އ.ތ.މ.ކޮމެޓީއިން އިންތިޒާމުކުރާ ޤުރުޢާން މުބާރާތް 1446

ހދ. ކުމުންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއިން މިއަހަރުވެސް ރަމަޟާންމަހު ކުމުންދޫގައި ދިރިއުޅޭ 18 އަހަރުންމަތީގެ އަންހެން ކަނބަލުންނަށް ޙާއްސަކޮށްގެން ޤުރުޢާން މުބާރާތެއް ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. މިމުބާރާތް ކުރިއަށްގެންދާގޮތަށް ހަމަޖެހިފައިވަނީ 06 މާޗް 2025 ގައެވެ. މުބާރާތުގެ މަޤުސަދަކީ ކަނބަލުންގެ ހިތްތަކުގައި ކީރިތި ޤުރުޢާނަށް ލޯބިޖައްސައި ކީރިތި ޤުރުޢާނަށް އަހުލުވެރިކުރުވުމެވެ.

މިދިޔަ އަހަރެކޭ އެއްގޮތައް މިއަހަރުވެސް މި މުބާރާތް ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ 2 ބަޔަކަށް ބަހާލައިގެންނެވެ. އެއީ 18 އަހަރާއި 35 އަހަރާއި ދެމެދު އަދި 35 އަހަރުން މަތީގެ އުމުރުފުރާއަށެވެ. އަދި މިމުބާރާތުން ވަނަތަކަށް ހޮވޭ ފަރާތްތަކަށް ސެޓްފިކެޓާއި ފައިސާގެ އިނާމް ދޭގޮތަށްވަނީ ހަމަޖެހިފައެވެ.

މުބާރާތުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން، ބައިވެރިވުމަށް އެދޭ ފޯމް ފުރުއްވުމަށްފަހު 25 ފެބްރުއަރީ 2025 ވާ ބުދަ ދުވަހުގެ ދުވަހުގެ 12:00ގެ ކުރިން މި އިދާރާއަށް ފޯމް ހުށަހެޅުއްވުން އެދެމެވެ. މުބާރާތުގައި ބައިވެރިވާން އެދޭ ފޯމާއި ޤަވައިދު މި އިއުލާނާއެކު އާންމުކުރީމެވެ. އަދި މުބާރާތުގައި ބައިވެރިވާން އެދޭ ފޯމާއި މުބާރާތުގެ ޤަވާއިދު ކުމުންދޫ ކައުންސިލު އިދާރާގެ ކައުންޓަރުން ލިބިލައްވާނެ ވާހަކަވެސް ދެންނެވީމެވެ.

 

މުބާރާތުގައި ހޮވޭނެ ވަނަތައް

18-35 އަހަރާއި ދެމެދުގެ އުމުރުފުރާ

35 އަހަރުން މަތީގެ އުމުރުފުރާ

މުޅި މުބާރާތުގެ

1ވަނަ -/1500

1ވަނަ -/1500

1ވަނަ -/2000

2ވަނަ -/1000

2ވަނަ -/1000

2ވަނަ -/1500

3ވަނަ -/500

3ވަނަ -/500

3ވަނަ -/1000

 

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

12 ފެބުރުވަރީ 2025
ހޯދާ