ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހއ.އިހަވަންދޫގައި ދިރިއުޅޭ ގޭބިސީތަކުގެ ދަފްތަރު އެކުލަވާލުން

ސަރުކާރުގެ ވުޒާރާތަކުން އެއްކުރާ އާއިލާއާބެހޭ މައުލޫމާތު ހޯދުމާއި، ސަރުކާރާއި ހެޔޮއެދޭ ފަރާތްތަކުން ހަދިޔާކުރާ ތަކެތި ބެހުމުގައި، ރަށުގެ ގޭބިސީތަކަށް އިސްކަންދޭއިރު، ގޭބިސީތަކުގެ މައުލޫމާތު އަދާހަމަކޮށް އަލުން ދަފްތަރެއް އެކުލަވާލަން ކައުންސިލުން ބޭނުންވާތީ، ގޭބިސީ ރަޖިސްޓްރީކުރުމަށް ހުޅުވާލަމަވެ.

މިގޮތުން މިހާރު ގާއިމްވެގެން މީހުން ދިރިއުޅޭ ގެތައް ލިސްޓްގައި ވާނީ ހިމެނިފައެވެ. ރަޖިސްޓްރީކުރަންޖެހޭނީ މި ގެތަކުގައި ގޭބިސީއެއް ވަކިން ދިރިއުޅޭނަމައެވެ. "ގޭބިސީ" ކަމުގައި ބުނެފައި އެވަނީ، އެއްކޮށް ކައްކައި ކައިބޮއި ނިދައި، ހަރަދު ހިއްސާކުރާ މީހުންނަށެވެ. ރަޖިސްޓްރީކުރުމުން ދަފްތަރުގައި ހިމެނޭނީ ކައުންސިލްގެ އިދާރާއިން މަޢުލޫމާތުގެ ސައްހަކަން ބަލައި ގޭބިސީއެއްގެ ޝަރުތު ހަމަވާނަމައެވެ.

ރަޖިސްޓްރީ ކުރުމުގެ ސުންގަޑިއަކީ 20 ފެބުރުވަރީ 2025 ވާ ބުރާސްފަތި ދުވަހުގެ 14:00 އެވެ. ވީމާ މި އިޢުލާނާއެކުވާ އޮންލައިން ފޯމް ފުރުއްވާ ކަނޑައެޅިފައިވާ ސުންގަޑީގެކުރިން ގޭބިސީ ރަޖިސްޓްރީކުރުމަށް ދަންނަވަމަވެ.

ފޯމު ލިންކް: https://forms.gle/85gSvaWEzfZ5zJn49

މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

‏                                         14‏ ޝަޢްބާން‏ 1446

12 ފެބުރުވަރީ 2025
ހޯދާ