ހުވަދުއަތޮޅު ދެކުނުބުރީ ފިޔޯރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރައްޔިތުންގެ ބައްދަލުވުން: ފެބުރުއަރީ 2025

ދިވެހިރާއްޖޭގެ  އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 107 ވަނަ މާއްދާގަ ލާޒިމުކުރާ ރައްޔިތުންނަށް ޢާއްމުކޮށް ހުޅުވާލައިގެން ފެބްރުއަރީ މަހުގެ ބައްދަލުކުރާ ބައްދަލުވުމާއި 107 ވަނަ މާއްދާގެ އެކެއްގެ "ށ" އަދި " ނ" އިން ކޮންމެ ހަތަރު މަހުން އެއްމަހު ބޭއްވުމަށް ލާޒިމްކުރާ ބައްދަލުވުމުގެ ތެރެއިން ފުރަތަމަ ބައްދަލުވުން 20 ފެބްރުއަރީ 2025 ވާ ބުރާސްފަތި ދުވަހުގެ ރޭ 20:15 ގައި ކައުންސިލް އިދާރާގެ ޖަލްސާ ކުރާ މާލަމުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

                         މިބައްދަލުވުމުގައި 2024 ވަނަ އަހަރު ކައުންސިލުން ހިނގާފައިވާ ޙަރަކާތްތަކާއި 2025 ވަނަ އަހަރު ކުރިއަށް ރާވާފައިވާ ޙަރަކާތްތަކާއި ކައުންސިލްގެ މުހިންމު ނިންމުންތައް ހިއްސާކޮށް ރައްޔިޔުންގެ ހިޔާލު ހޯދުން އޮންނާނެއެވެ. އަދި މީގެ އިތުރުން ރައްޔިތުން ކުރައްވާ ސުވާލުތަކަށް ޖަވާބު އެރުވުންވެސް އޮންނާނެއެވެ. ވީމާ، މިބައްދަލުވުމުގައި ބައިވެރިވުމަށް ރަށުގެ އެންމެހާ ލޮބުވެތި ރައްޔިތުންނަށް ދައުވަތުއަރުވަމެވެ. އަދި ރަށުގެ ވީހާވެސް ގިނަ ރައްޔިތުން މި ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެން ދެއްވުމަކީ މިކައުންސިލްގެ ނުހަނު ބޮޑު އެދުމެކެވެ.

   ވީމާ ، މިކަން ޢާއްމުކޮށް އެންގުމަށްޓަކާ އިޢުލާން ކުރީމެވެ.

12 ފެބުރުވަރީ 2025
ހޯދާ