މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
'އެންވަޔަރަންމަންޓް އިމްޕެކްޓް އެސެސްމަންޓް' ރިޕޯޓް ތައްޔާރުކުރުމަށް

ތިރީގައިވާ މަޝްރޫޢުތަކަށް ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނު (4/93)ގެ 5 ވަނަ މާއްދާގެ ދަށުން، މިފަދަ މަޝްރޫޢުތަކުގެ ސަބަބުން ތިމާވެށްޓަށް އަސަރު ފޯރާނެ މިންވަރު ދެނެގަތުމަށް ހަދަންޖެހޭ 'އެންވަޔަރަންމަންޓް އިމްޕެކްޓް އެސެސްމަންޓް' ރިޕޯޓް ތައްޔާރުކުރުމަށް ބޭނުންވެއެވެ.

  • ގއ. ވިލިނގިލި ބަނދަރު ހެދުމުގެ މަޝްރޫޢު
  • ގދ. ފަރެސްމާތޮޑާ ބަނދަރު ބޮޑުކުރުމުގެ މަޝްރޫޢު
  • ގދ. ފިޔޯރި މެއިންޓެނަންސް ޑްރެޖިންގ

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި ދެވިފައިވާ މެއިލް އެޑްރެހަށް މި އިޢުލާނާ ހަވާލާދެއްވައި މަޢުލޫމާތު ހޯދުމަށް ހުށަހެޅުމުން މަޢުލޫމާތު ފޯރުކޮށްދެވޭނެ ކަމުގައި ދަންނަވަމެވެ.

ބިޑް ހުށަހެޅުމަށް 17 އޮގަސްޓު 2015 ވާ ހޯމަ ދުވަހުގެ 11:00 ގައި މިމިނިސްޓްރީއަށް ވަޑައިގެން ފައިނޭންޝަލް އަދި ޓެކްނިކަލް ޕްރޮޕޯޒަލް ހުށަހެޅުއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް:

އިންޖިނިއަރިންގ ސެކްޝަން

މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ.

އަމީނީ މަގު،

މާލެ، ދިވެހިރާއްޖެ.

ފޯން: 3004110    ފެކްސް:3004301

އީ-މެއިލް: [email protected]

      [email protected]

06 އޮގަސްޓް 2015
ހޯދާ